ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުން - އާންމުންނާ މުވައްޒަފުންގެ އިހުތިޖާޖް
ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސަސްޕެންޑު ކުރުމުން އެ ކައުންސިލްގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން އެކަމާއި މެދު ނުރުހުން ފާޅުކޮށް ވަނީ އަންގާރަ ދުވަހު އިހްތިޖާޖް ކޮށްފަ އެވެ.

08 ޑިސެމްބަރު 2025 ގައި އެލްޖީއޭ އިން އެގޮތަށް ނިންމާ ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހު އަށް ވަނީ ސިޓީ އެއް ފޮނުވާފަ - ފޮޓޯ: ސޯޝަލް މީޑިއާ

އެލްޖީއޭ އިން ބުނީ އެ އޮތޯރިޓީ އިން ހިންގި އިންކުއަރީއަކުން ފާހަގަކުރެވޭ ކަންކަމާއި މެދު އެލްޖީއޭގެ 12 ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިވާ ކަމަށް - ފޮޓޯ: ސޯޝަލް މީޑިއާ

ކައުންސިލްގެ ރައީސް ސަސްޕެންޑްކުރީ ހޯކްސް އަށް ވިޔަފާރި އުސޫލުން ބިމެއް ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ކަމަށް އެނގިފައިވޭ - ފޮޓޯ: ސޯޝަލް މީޑިއާ

ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައި ވަނީ ހޯމަ ދުވަހު - ފޮޓޯ: ސޯޝަލް މީޑިއާ

ކައުންސިލްގެ ރައީސް ހިމެނޭހެން ހޯރަފުށީ ކައުންސިލުގައި ތިބެނީ 7 މެމްބަރުން - ފޮޓޯ: ސޯޝަލް މީޑިއާ

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ ލާމަރުކަޒީ ޤާނޫނާއި ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާތީ ކަމަށް އެލްޖީއޭ އިން ބުނެފައިވޭ - ފޮޓޯ: ސޯޝަލް މީޑިއާ

އެ މައްސަލަތަކުގެ މައްޗަށް ބަލާ ކައުންސިލް ހިންގުމުގެ އެންމެ މަތީ ފަރާތަކީ ކައުންސިލްގެ ރައީސްކަމަށް ވާތީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރަން ނިންމީ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފަ - ފޮޓޯ: ސޯޝަލް މީޑިއާ

ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރީ ރަނގަޅަށް ކަމަށް އެ ކައުންސިލުން ޤަބޫލު ނުކުރޭ - ފޮޓޯ: ސޯޝަލް މީޑިއާ

ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރީ ރަނގަޅަށް ކަމަށް އާއްމުން ވެސް ޤަބޫލު ނުކުރޭ - ފޮޓޯ: ސޯޝަލް މީޑިއާ

ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ބައެއް މާއްދާތަކާއި ކައުންސިލްގެ ރައީސް ޚިލާފުވެފައިވާ ކަމަށާއި، ސުލޫކީ މިންގަނޑާއި ޚިލާފަށް ހޯރަފުށީ ކައުންސިލްގެ މެމްބަރުންގެ އަމަލުތައް ބަހައްޓާފަައިވާ ކަމަށް އެލްޖީއޭ އިން ބުނޭ - ފޮޓޯ: ސޯޝަލް މީޑިއާ