ސްރީލަންކާ އަށް ކުރިމަތިވެފައިވާ ތޫފާން ދިތުވާ
ސްރީލަންކާ އަށް ކުރިމަތިވެފައިވާ ތޫފާން ދިތުވާ ގެ ސަބަބުން އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ގެއްލި، އެތައް ބަޔަކަށް އަސަރުކޮށް މުޅި ގައުމަށް ރެޑް އެލަޓް ނެރެފައިވެއެވެ. ފެންބޮޑުވެ، ގަސްތައް ވެއްޓި މަގުތަކަށް ބަންދު ވުމުގެ ސަބަބުން ދަތުރުފަތުރު، ކަރަންޓާއި ގުޅުން ކެނޑުން ފަދަ ކަންކަން ކުރިމަތިވެފައިވާއިރު ލަންކާ އަށް މިހާރު ކުރަމުންދާ ވިއްސާރާ ގައި އެކި ހިސާބު ތަކުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

130 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ވެސް ހާމަ ވެފައި ވޭ - ފޮޓޯ: އޭއެފްޕީ

މިދިޔަ ހޯމަ ދުވަހުން މޫސުމީ ޙާލަތުގެ އަސަރު ތައް ދަނީ ކުރަމުން - ފޮޓޯ: އޭއެފްޕީ

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެތައް ބައެއްގެ ގެދޮރަށް ގެއްލުންވެފައިވޭ - ފޮޓޯ: އޭއެފްޕީ

ސަރުކާރުން ހިންގާ ރައްކާތެރި ކަމުގެ މަރުކަޒު ތަކަށް މިހާތަނަށް 43،995 އަށް ވުރެ ގިނަ މީހުން ބަދަލު ކޮށްފައިވޭ - ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާ އަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ - ފޮޓޯ: ރޮއިޓަރސް

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހޮނިހިރު ދުވަހު އާންމު ކޮށްފައިވާ ގޮތުގައި މި ވިއްސާރައިގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 123 އަށް އަރާފަ - ފޮޓޯ: ރޮއިޓަރސް