ޣައްޒާއަށް އިޒްރޭލު ހަނގުރާމަ - އެންމެ ފަހުގެ ހަމަލާތަކަށް ފަހު
ޣައްޒާގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، ހަނގުރާމަ ހުއްޓާލުމަށް ކުރެވުނު އެއްބަސްވުމާ ޚިލާފުވެފައިވާއިރު، އެހީގެ ތަކެތި ފޯރުކޮށްދިނުން ވަރަށް ބޮޑަށް ހުއްޓުވާފައި ވެއެވެ.

އިޒްރޭލުން ޣައްޒާގައި ދިން ވައިގެ ހަމަލާތަކުގައި އަނދާ ހުލިވެފައިވާ ގެއެއް ފަލަސްތީނުގެ ސިވިލް ޑިފެންސް ސިފައިން ބަލައި ފާސްކުރަނީ - ފޮޓޯ: އޭއެފްޕީ

ޣައްޒާގައި އިޒްރޭލު ސިފައިން ހަލާކުކޮށްލި ވެހިކަލެއްގެ ބައިތައް ފަލަސްތީނުގެ ފިރިހެން ކުދިން ބަލަނީ - ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ޒަޚަމްވި މީހުން އަލް އައުދާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނީ - ފޮޓޯ: އަނަޑޯލޫ

އިޒްރޭލު ސިފައިން ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ދިން ހަމަލާގައި ޒަހަމްވި ފަލަސްތީނުގެ ކުޑަކުދިން އަލް އަވްދާ ހޮސްޕިޓަލަށް ގެންދަނީ - ފޮޓޯ: އަނަޑޯލޫ

ޣައްޒާގެ ގެއަކަށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން އިމަޖެންސީ އޮފިސަރުން ހަރަކާތްތެރިވަނީ - ފޮޓޯ: އަނަޑޯލޫ

އިޒްރޭލުން ދިން ހަމަލާގައި ޒަހަމްވި ފަލަސްތީނު މީހުން އަލް އަވްދާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ވޭ - ފޮޓޯ: އަނަޑޯލޫ