ޣައްޒާގެ ސްކޫލްތައް ހުޅުވުމުގެ މަސައްކަތް ފެށުން
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ޣައްޒާގައި ކިޔެވުމުން މަހުރޫމުވެފައި ތިބި 600،000 ކުދިންނަށް އަލުން ކިޔަވައިދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ވަނީ ފަށާފަ އެވެ.

14 އަހަރުގެ ތާޖް އަލް-ހިންދީ އާއި އޭނާގެ ދައްތަ، 15 އަހަރުގެ ރިމާސް އަލް-ހިންދީ، ޚާން ޔޫނިސްގައި 2024 ވަނަ އަހަރުގެ ޖުލައި މަހު ބޮން އަޅާފައިވާ ސްކޫލެއްގެ ތެރޭގައި ތާނގީތަކަކަށް ފެން އަޅަނީ - ފޮޓޯ: އޭޕީ

އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާ ތަކުގެ ސަބަބުން ފަލަސްތީނުގެ 630،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުގޮސް، ކިޔެވުން ހުއްޓިފައިވާ ކަމަށް ޔުނިސެފުން ބުނޭ - ފޮޓޯ: އޭޕީ

ކަމީލިއާ ސްކޫލްގެ ހައި ސްކޫލްގެ ދަރިވަރުން - ފޮޓޯ: އޭޕީ

ޚާން ޔޫނިސްގެ ގޮނޑުދޮށުގައި ހަދާފައިވާ ޓެންޓެއްގެ ތެރޭގައި ފަލަސްތީނުގެ ދަރިވަރުންނަށް ކިޔަވައިދެނީ - ފޮޓޯ: އޭޕީ

ޖުލައި 2024 ގައި ބޮން އަޅާފައިވާ ޚާން ޔޫނިސްގެ ސްކޫލެއް ގެ ކްލާސްރޫމެއްގެ ތެރޭގައި، ތަޙްރީރު އަލް-އަވައިނީ އިށީންދެލައިގެން - ފޮޓޯ: އޭޕީ

ޣައްޒާގެ އޯލްޑް ސިޓީގައި ހުންނަ ކަމީލިއާ ސްކޫލްގެ ދަރިވަރުން ސްކޫލަށް އެނބުރި ދަނީ - ފޮޓޯ: އޭޕީ