ޓުނީޝިއާގެ ގާބެސް ސިޓީގައި ހަޅުތާލު ކުރަން ފެށުން
ގާބެސްގެ ރައްޔިތުން ސިއްޙަތަށާއި ދިރިއުޅުމަށް ނުރައްކާވެފައިވާ ތިމާވެށްޓަށް ގެއްލުންދޭ ކެމިކަލް ޕްލާންޓެއް ބަންދުކުރުމަށް އެދި ހަޅުތާލުކުރުމުގެ ސަބަބުން އެ ސިިޓީ ވަނީ މަޑުޖެހިފައިއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ގައުމީ ދިދަ ވިހުރުވާ، ނިޝާންތައް ހިފައިގެން ގާބެސް ސިޓީގައި ހިނގާލައިފައި - ފޮޓޯ: އޭއެފްޕީ

މި މަހުގެ ކުރީކޮޅު ރައީސް ކައިސް ސައީދު ވިދާޅުވީ ގާބެސް އަށް ތިމާވެށި ހިމާޔަތް ކުރަން ޖެހުނީ ކުރީގެ އިދާރާތަކުގެ ޖިނާއީ ސިޔާސަތުގެ ނިންމުންތަކުގެ ސަބަބުން ކަމަށް - ފޮޓޯ: އޭއެފްޕީ

ހެލްތު މިނިސްޓަރު މުސްތަފާ ފަރްޖާނީ ވިދާޅުވީ، ކޭސްތައް އިތުރުވަމުންދާ މިންވަރު މަތިވަމުންދާތީ ގާބެސްގައި ކެންސަރު ހޮސްޕިޓަލެއް އިމާރާތް ކުރަން ނިންމާފައިވާ ކަމަށް - ފޮޓޯ: އޭއެފްޕީ

ކެމިކަލް ފެކްޓަރީގެ ތަޣައްޔަރުކަމާ ގުޅިގެން ހަފްތާތަކެއްގެ މުއްދަތަކަށް ކުރެވުނު އިހްތިޖާޖުތަކެއްގެ ތެރެއިން: ރައްޔިތުން ދެކޭގޮތުގައި މި ތަޣައްޔަރުކަމުގެ ސަބަބުން ނުރައްކާތެރި ސިއްޙީ މައްސަލަތައް އިތުރުވެފައިވޭ - ފޮޓޯ: އޭއެފްޕީ

މުޒާހަރާގެ ބައިވެރިން ވަނީ ޓުނީޝިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ގާބެސް ޕެރަލައިޒްކޮށްފައި - ފޮޓޯ: އޭޕީ

މުޒާހަރާގެ ބައިވެރިން ގާބެސް ސިޓީގައި ހިނގާލަމުން ދަނީ - ފޮޓޯ: އީޕީއޭ