އަފްޣާނިސްތާނާއި ޕާކިސްތާން 48 ގަޑިއިރުގެ ހަނގުރާމަ ސުލްހަ އެއްބަސްވުމަކަށް އައުން
ޕާކިސްތާނުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ރައްދު ދޭނެ ކަމުގެ އިންޒާރު ކާބުލްގައި ވަނީ ދީފަ އެވެ.

ޕާކިސްތާނުގެ ވައިގެ ހަމަލާއަކަށްފަހު، އަފްޣާން ފިރިހެނުން ތަކެއް ގެއްލުން ލިބިފައިވާ ގެއެއް ބަލައި ފާސްކުރަނީ - ފޮޓޯ: އޭއެފްޕީ

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ހިނގި ސަރަޙައްދީ ޖެހުންތަކުގައި މަރުވި ޕެރަމިލިޓަރީ ސިފައިންގެ މީހެއްގެ ހަށިގަނޑު، ޕާކިސްތާނުގެ ހައިބަރު ޕަހްތުންހްވާ ސޫބާގެ ކޯހަތް ސަރަޙައްދުގައި ބޭއްވުނު ޖަނާޒާގެ ރަސްމިއްޔާތެއްގައި، ސޯގުވެރިންނާއި ރަށުގެ މީހުން އުފުލަނީ - ފޮޓޯ: އޭއެފްޕީ

އަފްޣާނިސްތާނުގެ ޤައުމީ ރޭޑިއޯ ޓެލެވިޜަން (އާރްޓީއޭ) ގައި މަސައްކަތްކުރި ލޯކަލް ރިޕޯޓަރެއް ކަމުގައިވާ މަރުޙޫމް އަބްދުލް ޣަފޫރު އާބިދުގެ ޖަނާޒާއާއި ވަޅުލުން - ފޮޓޯ: އޭއެފްޕީ

ޕާކިސްތާނު-އަފްޣާނިސްތާނު ސަރަޙައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ޗަމަންގައި ޒަޚަމްވި މީހަކަށް ޕާކިސްތާނުގެ ޕެރަމެޑިކުން ކުއެޓާ ހޮސްޕިޓަލުގައި ފަރުވާދެނީ - ފޮޓޯ: އޭއެފްޕީ

ކަންދަހާރު ސޫބާގެ ސްޕިން ބޯލްޑަކް ސަރަޙައްދުގައި ހިނގަމުންދާ ޖެހުންތަކުގައި ޒަޚަމްވި އަފްޣާން މީހަކު ހޮސްޕިޓަލަކަށް އިވެކުއޭޓްކުރަނީ - ފޮޓޯ: އޭއެފްޕީ

ކަންދަހާރު ސޫބާގެ ސްޕިން ބޯލްޑަކް ސަރަޙައްދުން އަފްޣާން އަންހެނުންނާއި ކުޑަކުދިން ޓްރަކުތަކުގައި އިވެކުއޭޓްކުރަނީ - ފޮޓޯ: އޭއެފްޕީ