އަފްޣާނިސްތާނަށް އައި ބިންހެލުމާ ގުޅިގެން މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތް

3 ސެޕްޓެންބަރ 2025 | ބުދަ 18:18
-
4900
ބިންހެލުމުގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާކަމަށް އދ އިން ރިޕޯޓްކޮށްފައިވާއިރު، ތާލިބާން ސަރުކާރުން އެހީއަށް އެދުމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.
މަޒާރު ދާރާގެ ވެއްޓުނު ގެއަކުން ކުނިތައް ނަގަން މީހަކު މަސައްކަތް ކުރަނީ - ފޮޓޯ: އޭޕީ
ކުނާރް ޕްރޮވިންސަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ބޭނުންވާ ސިއްހީ އެހީ، އަދި ކާބޯތަކެތީގެ ސާމާނު ތާލިބާނުންގެ އަސްކަރީ ހެލިކޮޕްޓަރަކުން ގެންދަނީ - ފޮޓޯ: ރޮއިޓަރސް
އާދީއްތަ ދުވަހު އައި ބިންހެލުމުގެ އާފްޓާޝޮކްގެ ސަބަބުން އަންގާރަ ދުވަހު ވަނީ 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް އެ ސަރަހައްދަށް އައިސްފަ - ފޮޓޯ: ރޮއިޓަރސް
އާދީއްތަ ދުވަހުގެ ރޭ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ގިނަ ޕްރޮވިންސްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި - ފޮޓޯ: ރޮއިޓަރސް
އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުންދާ ކަމަށް އދ.އިން ބުނެފައިވޭ - ފޮޓޯ: ރޮއިޓަރސް
ކުނާރް ޕްރޮވިންސްގެ މަޒާރު ދާރާގައި ވީރާނާވެފައިވާ ގެތަކުގެ ކުނިބުނީގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރާ ސިވިލް ޑިފެންސް ވޯކަރުންނާއި، އަވަށު މީހުން - ފޮޓޯ: އޭޕީ