Raajje.mv
ފޮޓޯ ގެލަރީ

ޣައްޒާ ބަނޑަށް މަރުވަނީ، އދ އިން ގޮވާލަނީ އިންސާފު ގާއިމު ކުރުމަށް

ފަލަސްޠީނުގެ ގާތްގަނޑަކަށް ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުން މަޖުބޫރުން ގެދޮރުން ބޭރުކުރެވި، ކާބޯތަކެތީގެ ތަދުމަދުކަމާއި އިޖްތިމާޢީ ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އދ. އިން ވަނީ މި ނާޒުކު ހާލަތަށް އަވަސް ޙައްލެއް ހޯދުމަށް އަދި އެކަމަށް ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ.

ޒުނާނާ ޒާލިފް
29 އޯގަސްޓު 2025
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ މި ކެމްޕޭނަށް އަމާޒުވާ ފާޑުކިޔުންތަކަށް އަޑު އުފުއްލަވައި، މިއީ ހަނގުރާމައިގެ "އާ އަދި ނުރައްކާތެރި މަރުހަލާއެއްގެ އިޝާރާތެއް" ކަމަށް ބުރާސްފަތި ދުވަހު ވިދާޅުވެފައި - ފޮޓޯ: އޭއެފްޕީ

ޣައްޒާ ސިޓީގެ ހުޅަނގުގައި ހިލޭ ކެއުމުގެ ހިދުމަތް ދެމުން އަންނަ ޗެރިޓީ ބަދިގެއަކުން ހަނޑޫ ލިބޭނެ ކަމުގެ އުއްމީދުގައި ކުޑަކުދިން ފެންސް ކައިރިއަށް ޖަމާވެފައި - ފޮޓޯ: އޭއެފްޕީ

އެންކްލޭވްގެ އެންމެ ބޮޑު އާބަން ސެންޓަރު ކަމަށްވާ ޣައްޒާ ސިޓީގެ ކޮންޓްރޯލް ނެގުމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން އަދިވެސް ތައްޔާރުވަމުން އަންނަ އިރު، އެ އޮޕަރޭޝަން ކުރިޔަށް ނުގެންދިޔުމަށް ބައިނަލްއަގުވާމީ ޕްރެޝަރު ދަނީ އިތުރުވަމުން - ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ސިފައިން ޝުޖާޔާ، ޒީތޫން އަދި ސަބްރާ އަވަށްތަކަށް ބޮމުގެ ހަމަލާތައް ދިނުމުން ގިނަ ބަޔަކަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން މަޖުބޫރު ވެފައި - ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ރައްޔިތުން ޣައްޒާ ސިޓީ ދޫކޮށް ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް ދަނީ ދަތުރުކުރަމުން - ފޮޓޯ: އޭއެފްޕީ

ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ފަލަސްތީނު މީހުން - ފޮޓޯ: އޭޕީ