23 އޯގަސްޓް 2025 | ހޮނިހިރު 17:22
-
530
ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޣައްޒާ ސިޓީ ދޫކޮށް ދާން މަޖުބޫރުވެފައިވަނީ އިޒްރޭލުން ދެމުން ގެންދާ ވައިގެ ހަމަލާތަކުގެ ސަބަބުން އަވަށްތައް ހަލާކުވަމުން ގޮސް، ވަށާލާފައިވާ ސަރަހައްދަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވުމާ ގުޅިގެންނެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން މުޅި ޣައްޒާގައި ފަލަސްތީނުގެ 65 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން 37 މީހުން މަރުވެފައިވަނީ ޣައްޒާ ސިޓީން އެކަނި ކަމަށް ރިޕޯޓުކޮށްފައިވޭ - ފޮޓޯ: ރޮއިޓަރސް
އިޒްރޭލުން ގެންދަނީ ޣައްޒާ ސިޓީ ހިފުމަށާއި އެ ސަރަހައްދުގެ ގާތްގަނޑަކަށް އެއް މިލިއަން މީހުން ގެދޮރު ގެއްލުވައިލުމުގެ ސްޓްރެޓެޖީއާ އެކު ކުރިއަށް - ފޮޓޯ: ރޮއިޓަރސް
ޣައްޒާގައި ބަނޑުހައިހޫނުކަމާއި، ނިކަމެތިކަމާއި، މަރުވާ މީހުންގެ އިތުރުން ފަލަސްތީނުގެ ފަސް ލައްކައަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު، އދ.ގެ ކްލެސިފިކޭޝަން ސިސްޓަމަކުން ޣައްޒާގައި ބަނޑުހައިހޫނުކަން ރަސްމީކޮށް އިއުލާނުކޮށްފައިވޭ - ފޮޓޯ: ރޮއިޓަރސް
މުދާ ބަރުކޮށްގެން ދުއްވާ ވެހިކަލެއްގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުން ޣައްޒާ ސިޓީ ދޫކޮށް ދިޔުމަށް ދަތުރުކުރަނީ - ފޮޓޯ: ރޮއިޓަރސް
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ޗެރިޓީ ބަދިގެއަކުން ކާބޯތަކެތި ލިބޭނެ ކަމުގެ އިންތިޒާރުގައި ކުޑަ ކުދިން - ފޮޓޯ: ރޮއިޓަރސް
ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލުގައި އިޒްރޭލުގެ ބަޑީގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ޖަނާޒާގައި އާއިލާ މީހުން ހިތާމަފާޅުކުރަނީ - ފޮޓޯ: ރޮއިޓަރސް