ސާބިއާގެ އެކި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ
ސާބިއާގެ އެކި ސިޓީތަކުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް އިތުރު ވަމުން ދަނީ އިސްލާހަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ވަނީ ވަލްޖެވޯގައި ވެރިކަން ކުރާ ސާބިއާ ޕްރޮގްރެސިވް ޕާޓީގެ އޮފީސްތަކުގެ ބިއްލޫރިގަނޑު ތަޅާލާފައި - ފޮޓޯ: ރޮއިޓަރސް

ސަރުކާރާ ދެކޮޅު ފަރާތްތަކުން ވަނީ ވަލްޖެވޯގައި ހުންނަ ވެރިކަން ކުރާ ސާބިއާ ޕްރޮގްރެސިވް ޕާޓީ (އެސްއެންއެސް)ގެ އޮފީސްތަކަށް ފަޔާވޯކްސް އުކަން ފަށާފައި - ފޮޓޯ: ރޮއިޓަރސް

ބެލްގްރޭޑްގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލާއިރު ބެރިކޭޑް ހަދަނީ - ފޮޓޯ: ރޮއިޓަރސް

މުޒާހަރާގެ ބައިވެރިން ވެރިކަން ކުރާ އެސްއެންއެސް ޕާޓީގެ ވަލްޖޭވޯ ހެޑްކުއާޓާސް އަށް ގެއްލުން ދެނީ - ފޮޓޯ: އޭއެފްޕީ

ބެލްގްރޭޑްގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ފުލުހުން ކަރުނަ ގޭސް ބޭނުންކުރަނީ - ފޮޓޯ: އޭއެފްޕީ

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ސާބިއާގައި ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް މުޒާހަރާކުރަމުން ދަނީ ރޭލްވޭ ސްޓޭޝަންގެ ފުރާޅު ވެއްޓި 16 މީހަކު މަރުވުމާ ގުޅިގެން - ފޮޓޯ: އޭޕީ