އިޒްރޭލުން ނިއުކްލިއާ ސައިޓްތަކަށް އަމާޒުކޮށް ދިން ހަމަލާތަކަށް އީރާނުން ރައްދު ދިނުން
އީރާނުގެ މިސައިލްތަކުގެ ސަބަބުން އިޒްރޭލުގެ ހޮސްޕިޓަލަކަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އިޒްރޭލުން ވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށްފައެވެ.

ރަމަތު ގަމަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއަކަށް ފަހު، ރެސްކިއު ވޯކަރުން ހަރަކާތްތެރިވަނީ - ފޮޓޯ: އޭޕީ

ރަމަތު ގަމްގައި ހަލާކުވެފައިވާ އިމާރާތެއްގެ ތެރޭގައި ހުރި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު - ފޮޓޯ: ރޮއިޓަރސް

އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ތެލްއަވީވް ކައިރީގައި އޮންނަ ހޮލޯންގައި ހަލާކުވެފައިވާ އިމާރާތެއް ބަލަނީ - ފޮޓޯ: އޭޕީ

މިސައިލް ހަމަލާއެއްގައި ސޮރޯކާ މެޑިކަލް ސެންޓަރުގެ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ އެކު އެ އިމާރާތުން ދުން އަރަނީ - ފޮޓޯ: އޭޕީ

އިޒްރޭލުގެ ރަމަތު ގަމަށް އިރާނުން ދިން މިސައިލް ހަމަލާއާ ގުޅިގެން ރެސްކިއު ވޯކަރުންނާއި އަސްކަރިއްޔާގެ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ - ފޮޓޯ: އޭޕީ

އިޒްރޭލުގެ މެޖެން ޑޭވިޑް އަޑޮމް ރެސްކިއު ސާވިސް އިން ބުނި ގޮތުގައި މި ހަމަލާތަކުގައި 47 މީހުން ޒަހަމްވި - ފޮޓޯ: އޭޕީ