އުތުރު އަޔަލޭންޑްގެ އަވަށެއްގައި ބިދޭސީންނާ ދެކޮޅަށް ހިންގި ހަމަނުޖެހުން
ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކުދިން ތަކެއް ހައްޔަރުކުރުމާ އެކު، އެ އަވަށުގައި ބިދޭސީންނަށް އަމާޒުކޮށް ނަސްލީ ގޮތުން ހަމަނުޖެހުންތައް ހިންގައިފި އެވެ.

ނޮދަން އަޔަލޭންޑްގެ ބަލީމޭނާގެ މަގެއްގައި ހަމަނުޖެހުންތަކުގެ ތެރެއިން ރޯކޮށްލި އަލިފާންގަނޑުގެ ކައިރިން މުޒާހަރާގެ ބައިވެރިން ހިނގަނީ - ފޮޓޯ: އޭއެފްޕީ

އެސިސްޓެންޓް ޗީފް ކޮންސްޓަބަލް ރަޔަން ހެންޑަސަން ވިދާޅުވި ގޮތުގައި މި ހަމަނުޖެހުންތަކަކީ ވަރަށް ސާފުކޮށް ނަސްލީ ގޮތުން ހިންގާ ހަމަނުޖެހުންތަކެއް ކަމަށާއި އެއީ އެމީހުންގެ މައިނޯރިޓީ ނަސްލާއި ފުލުހުންނަށް އަމާޒުކޮށްގެން ހިންގި ހަމަނުޖެހުންތަކެއް ކަމަށް - ފޮޓޯ: ރޮއިޓަރސް

މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ފުޅި، ގާބުރި އަދި ގޮވާ ތަކެތި އުކައި، ވެހިކަލްތަކުގައި ރޯކޮށްލާފައި - ފޮޓޯ: ގެޓީ އިމޭޖަސް

މާސްކު އަޅައިގެން ތިބި އެތައް ސަތޭކަ ބަޔަކު އިއްޔެ ބަލީމޭނާގެ މަގުތަކަށް ނުކުމެ ޕެޓްރޯލް ބޮމާއި ފުޅި އަދި މެސަންރީ އުކިއިރު ފުލުހުން ހަރަކާތްތެރި ވަނީ - ފޮޓޯ: ގެޓީ އިމޭޖަސް

މި ހަމަނުޖެހުންތައް އެންމެ ފުރަތަމަ ފެށުނީ މިދިޔަ ހޮނިހިރު ދުވަހު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވުމުން - ފޮޓޯ: ގެޓީ އިމޭޖަސް

ބިދޭސީންގެ އާބާދީ ބޮޑު އެ ރަށުގައި ނުތަނަވަސްކަން މިދިޔަ އަންގާރަ ދުވަހު ވެސް އޮތީ ވަރަށް ބޮޑަށް އިތުރުވެފައި - ފޮޓޯ: ގެޓީ އިމޭޖަސް