ޓެންގަންޔިކާ ކޯރުގެ ފެންބޮޑުވުމުގެ ސަބަބުން ބުރޫންޑީގައި ދިރިއުޅޭ މީހުން ހާލުގައި ޖެހުން
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ހާދިސާ މެދުވެރިވެ، އާއިލާތައް ނުކުމެގެން ދިއުމާއި، ބަލިމަޑުކަން ފެތުރުމާއި، އަދި ދުނިޔޭގެ އެންމެ ފަގީރު އަދި އެންމެ ނާޒުކު ޙާލަތުގައިވާ ޤައުމުތަކުގެ ތެރެއިން އެއް ޤައުމުގައި ކުއްލި އެހީގެ ދަތިކަން ދިމާވެފައިވެއެވެ.

ގަތުންބާގެ ކިނިންޔާ III ސަރަޙައްދުގެ ފެންބޮޑުވެފައިވާ މަގެއްގައި ތިބި ކުޑަކުދިންތަކެއް - ފޮޓޯ: އޭއެފްޕީ

ކިނިންޔާ III ސަރަޙައްދުގައި ގެއެއްގެ ތެރެޔަށް ފެންވަދެފައި - ފޮޓޯ: އޭއެފްޕީ

ޓެންގަންޔިކާ ކޯރު ފާހަގަކުރެވެނީ އެކި ފަހަރު މަތިން ފެންގަނޑުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، ދުނިޔެ ހޫނުވުމުގެ ހާދިސާތައް ވަނީ އިތުރުވެފަ - ފޮޓޯ: އޭއެފްޕީ

ގަތުންބާގައި ދަރިވަރުން ފެންބޮޑުވެފައިވާ މަގެއްގައި ސްކޫލް ދަބަސްތައް އަޅުވައިގެން ހިނގާފައި ދަނީ - ފޮޓޯ: އޭއެފްޕީ

އދ. އިން ބުރޫންޑީ ލިސްޓުކޮށްފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ނާޒުކު ޙާލަތުގައިވާ 20 ޤައުމުގެ ތެރޭގައި - ފޮޓޯ: އޭއެފްޕީ

ބުރޫންޑީއަކީ ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް، އދ. ގެ އިންސާނީ ތަރައްޤީގެ އިންޑެކްސްގައި 193 ޤައުމުގެ ތެރެއިން 187 ވަނައިގައި ހިމެނެނީ ބުރޫންޑީ - ފޮޓޯ: އޭއެފްޕީ