އަނިޔާއިން ކުޑަކުދިން ރައްކާތެރި ކުރުމަށް ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލުން
މިއީ މިމަހު 15 އިން 17 އަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޤައުމީ މަހާސިންތާގައި މަޝްވަރާކުރުމަށް ފަހު ކުރިއަށް އޮތް 2 އަހަރު ދުވަހަށް އެކުލަވާލެވިފައިވާ ޕްލޭނެއް
މަހާސިންތާގައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ރާއްޖޭން ބޭރުގެ ފަރާތްތައް ހިމެނޭގޮތަށް 59 ފަރާތަކުން ބައިވެރިވި
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވާހަކަ ދައްކަވަނީ
މިކަމުގެ ބޭނުމަކީ އަނިޔާގެ ސަބަބުން ކުދިންނަށް އަންނަ ބަދަލުތައް ނުވަތަ ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަމުގެ ނިޝާންތައް ދެނެގަނެ އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ލަސްނުކޮށް ގެނެސްދިނުން
މި ޕްލޭންގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ ތަންފީޒީ އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ކޯޑިނޭޝަން ވަރުގަދަކުރުން
މި ރަސްމިއްޔާތުގައި ޔުނިސެފް އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ. އެލިސް އަކުންގާގެ ވާހަކަފުޅު ދައްކަވަނީ
އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށް އެކުލަވާލި ޤައުމީ އެކްޝަން ޕްލޭން ފަސް ލޭޑީ ފާތިމަތު އިބްރާހީމް އިފްތިތާޙް ކޮށްދެއްވަނީ
ނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން ކަމާބެހޭ ދާއިރާތަކާ ގުޅިގެން ބޭއްވި މަހާސިންތާގެ ޝަރަފްވެރި މެހްމާނަކީ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް