ފިނި މޫސުމުގެ ވިއްސާރައިގައި ޣައްޒާ - ރައްކާތެރި ހިޔާވަހިކަމާއި އަސާސީ ބޭނުންތަކުގެ ތަކެތީގެ ދަތިކަނ

12 ފެބްރުއަރީ 2025 | ބުދަ 17:03
-
474
ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާ އިތުރަށް ބޮޑުވަމުންދަނީ، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާތީއެވެ. މި ކަމުގެ ސަބަބުން އެ ސަރަޙައްދުގެ އިންސާނީ ޙާލަތު އިތުރަށް ނާޒުކުވަމުންދާކަން ފާހަގަކުރެވެއެވެ.
ފަލަސްތީނުގެ އަންހެނަކު އޭނާގެ ގޭގެ ކުނިތައް ކައިރީގައި، ކޮނޑު މަތީގައި ބުޅަލެއް ބައިންދާ ލައިގެން - ފޮޓޯ: ރޮއިޓަރސް
ފަލަސްތީނުގެ އަންހެނަކު އޭނާގެ ގޭގެ ކުނިތައް ކައިރީގައި ހަދާފައިހުރި ވަގުތީ ޓެންޓު ކައިރީގައި ދޮވެފައިހުރި އެއްޗެހި ހިއްކަން އަޅުވަނީ - ފޮޓޯ: ރޮއިޓަރސް
ޖަބާލިއާ ރެފިއުޖީ ކޭމްޕްގެ ކުނިތަކުގެ ކައިރީގައި ފަލަސްތީނު މީހުން ގާޑިޔާއެއްގައި ދަތުރު ކުރަނީ - ފޮޓޯ: ރޮއިޓަރސް
ފަލަސްތީނުގެ ފިރިހެނަކު އޭނާގެ ޓެންޓާ ދިމާލަށް ފެން ކޮންޓެއިނަރެއް ހިފައިގެން ދަނީ - ފޮޓޯ: ރޮއިޓަރސް
ޣައްޒާގެ މެދުތެރޭގެ އަލް މުޣްރާކާގެ ސަލާހު އަލްދީން މަގުގައި މީހުން ބަރުކޮށްފައިވާ ވޭނެއްގެ ފަހަތުގައި ގެދޮރު ގެއްލުނު މީހުން އިށީނދެލައިގެން - ފޮޓޯ: އޭއެފްޕީ
ޣައްޒާ ސިޓީ އާއި ނުސީރަތާއި ދެމެދު އޮންނަ އަލްރަޝީދު މަގުގައި މީހުން މުދާ ހިފައިގެން ހިނގާފައި ދަނީ - ފޮޓޯ: އޭއެފްޕީ