ތާލް ރިފްޢަތަށް އެނބުރި އައި ރައްޔިތުންނަށް ފެނުނީ އެމީހުންގެ ގެދޮރާއި މުދާ ހަލާކުވެ، ވީރާނާވެފައިވާ

11 ފެބްރުއަރީ 2025 | އަންގާރަ 15:00
-
81
ތާލް ރިފްޢަތަށް އެނބުރި ދިއަ ސޫރިޔާގެ ރައްޔިތުންނަކީ، ދިގު މުއްދަތެއްގެ ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ބޮޑެތި ގެއްލުންތަކާއި، އުމްރާނީ ވަސީލަތްތައް ހަލާކުވެފައިވުމުގެ ސަބަބުން، ޤައުމު އަލުން ބިނާކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަން ޖެހިފައިވާ ބައެކެވެ.
ހަލާކުވެފައިވާ ގެތަކުގެ ކައިރިން ދެ އަންހެން ކުއްޖަކު ހިނގާފައި ދަނީ - ފޮޓޯ: އޭޕީ
ހަދަމުންދާ ގެއެއްގެ ކައިރީގައި މަސައްކަތްތެރިން ހެނދުނުގެ ނާސްތާ ކުރަނީ - ފޮޓޯ: އޭޕީ
އަސްކަރީ ބޭނުންތަކަށް ހަދާފައިވާ ޓަނަލް ނެޓްވޯކް ގެތަކާއި ސްކޫލްތަކާއި އާންމު އިމާރާތްތަކުގެ ތިރީގައި ހިނގަމުންދާއިރު، މަތީގައި ވާ ބިމުގައި ހުރި ބިނާތައް ވަނީ ބަލިކަށިވެފައި - ފޮޓޯ: އޭޕީ
އުމުރުން 60 އަހަރުގެ އުމަރު ބަދްރާން އޭނާގެ ހަލާކުވެފައިވާ ގޭގެ ފަހަތު ގޯތިތެރޭގައި ހުރި ކުނިތައް ނައްތާލަނީ - ފޮޓޯ: އޭޕީ
ތަތާލް ރިފްޢަތަށް އެނބުރި އައި މީހުންނަށް ހީވެސް ނުކުރާ ވަރުގެ ކަމަކާ ކުރިމަތިލާން ޖެހިފައިވޭ - އެސް.ޑީ.އެފް އިން އެ ސަރަޙައްދު ކޮންޓްރޯލް ކުރިއިރު، ބިމުގެ އަޑީގައި ހުރި ޓަނަލްތަކުގެ ބޮޑު ނެޓްވޯކެއް - ފޮޓޯ: އޭޕީ
ކުރުދީ ސީރިއަން ޑިމޮކްރެޓިކް ފޯސަސް އިން ހަދާފައިވާ ޓަނަލްތަކަށް ވަންނަ ތަނުން ފްރީ ސީރިއަން އާމީ ފައިޓަރަކު ވަދެ - ފޮޓޯ: އޭޕީ