10 ފެބްރުއަރީ 2025 | ހޯމަ 14:19
-
851
ފިނި މޫސުމުގެ ސަބަބުން އެންކްލޭވްގެ ހަލާކުވެފައިވާ ތަންތަނުގެ ތެރޭގައި ހިމާޔަތް ހޯދަމުންދާ ފަލަސްތީނުގެ ހާލަތު ދަނީ ގޯސްވަމުންނެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލި ފަހުން އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުވި ނަމަވެސް، ހިޔާވަހިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުން ވަނީ މަދުވެފައި - ފޮޓޯ: އަނަޑޯލޫ
ޔުނައިޓެޑް ނޭޝަންސް އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ނެރުނު އެންމެ ފަހުގެ އަޕްޑޭޓްގައި ބުނެފައި ވަނީ ފަސް ލައްކައަށް ވުރެ ގިނަ މީހުން އެނބުރި ޣައްޒާއަށް ދާއިރު، "އެ ސަރަހައްދުގައި ކާބޯތަކެއްޗާއި ފެނާއި ޓެންޓާއި ހިޔާއަށް ބޭނުންވާ ސާމާނުގެ ބޭނުން އަދިވެސް ވަރަށް ނާޒުކު" ކަމަށް - ފޮޓޯ: އަނަޑޯލޫ
ޣައްޒާ ސިޓީގެ ސްކޫލެއްގެ ގޯތިތެރޭގައި ހަދާފައިވާ ވަގުތީ ކޭމްޕުން އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން މަހްމޫދު ރިޔާދު ޚަލީލް އަލްފަޔޫމީ ބުނީ އޭނާ ދިރިއުޅެމުން ދަނީ އިތުރު ތިން އާއިލާއަކާ އެކު ޓެންޓެއްގައި ކަމަށް - ފޮޓޯ: އަނަޑޯލޫ
ހަނގުރާމަ ހުއްޓާލުމަށްފަހު ޚާން ޔޫނިސް ސިޓީގައި ހުންނަ އޭނާގެ ގެއަށް އެނބުރި އައި އަބޫ ޑާކާ، ޚާން ޔުނިސްގައި އޭނާގެ އާއިލާއާއެކު އޭނާގެ ގޭގެ ކުނިތަކުގެ ތެރޭގައި ހިމާޔަތް ދެނީ - ފޮޓޯ: އަނަޑޯލޫ
ޣައްޒާ ސިޓީ މުނިސިޕަލްޓީގެ ތަރުޖަމާނަކު އަލްޖަޒީރާއަށް ވިދާޅުވީ ތޫފާނުގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ވަސީލަތްތައް އެ ސިޓީގައި ނެތް ކަމަށް - ފޮޓޯ: އަނަޑޯލޫ
ޚާން ޔޫނިސްގެ ވަގުތީ ޓެންޓުތަކުގައި، މޫސުން ގޯސްވުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ހިޔާވަހިކަން ހޯދަނީ - ފޮޓޯ: އަނަޑޯލޫ