އިޒްރޭލުގެ ބޮމުގެ ހަމަލާތަކަށް ފަހު ޣައްޒާ ކުނިކޮށިގަނޑަކަށް ބަދަލުވެފައި
ޣައްޒާގެ ކުނިތައް ހުސްކުރަން މަދުވެގެން 15 އަހަރު ނަގާފާނެ ކަމަށާއި 100 ޓްރަކް ފުލްޓައިމްކޮށް މަސައްކަތް ކުރާ ކަމަށް އދ. އިން ބުނެފައިވެއެވެ.

ޖަބާލިއާގައި ހަލާކުވެފައިވާ އިމާރާތެއްގެ ކުރިމަތީގައި ފަލަސްތީނުގެ މީހަކު އިށީނދެލައިގެން - ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ހަމަލާތަކުގައި ހަލާކުވި އިމާރާތްތަކުގެ ކުނިތަކުގެ ތެރޭގައި ފަލަސްތީނުގެ ދިދައެއް - ފޮޓޯ: ރޮއިޓަރސް

އިޒްރޭލުން ރަފަހަށް ދިން ހަމަލާގައި ހަލާކުވި އިމާރާތްތަކުގެ ކުނިތައް ހުރަސްކޮށް ފަލަސްތީނުގެ މީހުން ހިނގަނީ - ފޮޓޯ: ރޮއިޓަރސް

ހަނގުރާމައިގެ ދުވަސްވަރު އިޒްރޭލުގެ އަމުރަށް ޣައްޒާގެ ދެކުނުފަރާތަށް ޢާއިލާއާއެކު ގެދޮރު ބަދަލުކުރަން މަޖުބޫރުވި ނަސީމް (ކަނާތްފަރާތުގައި)، ޢަބްދުއްރަޙްމާން (ވާތްފަރާތުގައި)، އަދި މުޙައްމަދު (މެދުގައި) - ފޮޓޯ: ރޮއިޓަރސް

ޚާން ޔޫނިސްއަށް އިޒްރޭލުން ދިން ހަމަލާތަކުގައި ހަލާކުވި އިމާރާތެއްގެ ބޭރުގައި ފަލަސްތީނުގެ މީހުން އެއްވެފައި - ފޮޓޯ: ރޮއިޓަރސް

ހަނގުރާމައިގެ ދުވަސްވަރު އިޒްރޭލުގެ އަމުރަށް ޣައްޒާގެ ދެކުނު ފަރާތަށް ގެދޮރު ބަދަލުކުރަން މަޖުބޫރުވި އިސްމާއިލް މުހައްމަދު، 47، އާއި އޭނާގެ އާއިލާ - ފޮޓޯ: ރޮއިޓަރސް