ފަލަސްޠީނުގެ ރައްޔިތުން އެނބުރި ޣައްޒާ ސިޓީގެ ގެތަކަށް
އިޒްރޭލުން ޣައްޒާއަށް ކެނޑިނޭޅި ބޮން އަޅާތާ 15 މަސް ފަހުން ގެދޮރު ގެއްލުނު މީހުން އެނބުރި ގެއަށް ދިޔުމުން ފެނިފައި ވަނީ ވީރާނާ ވެފައިވާ ޣައްޒާ ސިޓީއެވެ.

ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން އަލްރަޝީދު މަގުން ޣައްޒާ ސިޓީއަށް ވަންނަނީ - ފޮޓޯ: އީޕީއޭ

ޣައްޒާގެ އުތުރުގެ ސަރަހައްދަށް މީހުން އެނބުރި ދަނީ - ފޮޓޯ: އީޕީއޭ

ފަލަސްތީނުގެ 375،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޣައްޒާގެ އުތުރުގެ ސަރަހައްދަށް ގޮސްފައިވާ ކަމަށް އދ. އިން ބުނޭ - ފޮޓޯ: އީޕީއޭ

ފަލަސްތީނުގެ ގިނަ ބަޔަކު ބުނީ އެމީހުންގެ ގެތަކަށް ގެއްލުން ނުވަތަ ހަލާކުވެދާނެ ކަމަށް ބެލެވިފައިވީ ނަމަވެސް އެނބުރި އައުމުން އުފާކުރާ ކަމަށް - ފޮޓޯ: އީޕީއޭ

ޣައްޒާ ސިޓީއަށް އެނބުރި އައި މީހުންގެ ތެރެއިން ގިނަ ބަޔަކު ކޯސްޓަލް ހައިވޭގައި 20 ކިލޯމީޓަރަށް ވުރެ ދިގު ދަތުރެއް ކުރީ ފައިމަގުގައި - ފޮޓޯ: އީޕީއޭ

ކުރިން ހަލަބޮލި އާބަން ސެންޓަރެއްގެ ގޮތުގައި އޮތް ޣައްޒާ ސިޓީ ވަނީ ވީރާނާވެފައި، އިޒްރޭލުގެ ބޮމުގެ ހަމަލާތަކުގައި އިމާރާތްތައް ހަލާކުވެ، ހުރިހާ ދިމާލަކުން ވެސް ފެންނަނީ ބޮޑެތި ކުނިތަކާއި ހަލާކުވެފައިވާ ކޮންކްރީޓް - ފޮޓޯ: އީޕީއޭ