އެމް23 ހަނގުރާމަވެރިން ވަނުމުން ރައްޔިތުން ގޯމާ ދޫކޮށް ފިލައިފި
ހަނގުރާމަވެރިން ފޭބުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ގޮވާލާފައިވީ ނަމަވެސް އެ ސިޓީއާއި ވަށައިގެން ހިނގަމުންދާ ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ.

އެމް23 ގެ ހަނގުރާމަވެރިން އެ ސިޓީ ހިފާފައިވާކަން އިއުލާނުކޮށްފައިވަނީ ޑީއާރުސީގެ އަސްކަރިއްޔާގެ ސިފައިންނަށް ހަތިޔާރު ދޫކޮށްލުމަށް އެ ޖަމާއަތުން ދިން 48 ގަޑިއިރުގެ މުއްދަތު ހަމަވުމުގެ ކުޑަ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގަ - ފޮޓޯ: ރޮއިޓަރސް

އެމް23 ވަނީ ފާއިތުވި ހަފުތާތަކުގައި ރުވާންޑާއާއި ޑީއާރުސީގެ ބޯޑަރު ސަރަހައްދުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ - ފޮޓޯ: ރޮއިޓަރސް

އިރުމަތީ ޑީއާރުސީގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ގޯމާ ހިފި ކަމަށް ރުވާންޑާއަށް ތާއީދުކުރާ ހަނގުރާމަވެރިން ބުނެފި - ފޮޓޯ: އޭޕީ

ރުވާންޑާގެ ސަރުކާރުން ހަނގުރާމަވެރިންނަށް ތާއީދު ކުރާކަން ދޮގުކުރި ނަމަވެސް، އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އިރުމަތީ ޑީއާރުސީގައި ސިފައިންނާއި މިސައިލް ސިސްޓަމްތައް ހުރިކަން މިދިޔަ އަހަރު ހާމަވެ، ބޯޑަރު ކައިރީގައި ކޮންގޯގެ ސިފައިން ހަރަކާތްތެރިވާ ކަމަށް އިޝާރާތްކޮށްފައިވޭ - ފޮޓޯ: އޭޕީ

އެމް23 ހަނގުރާމަވެރިންނާ އެކު ހިނގި ހަމަނުޖެހުންތަކުގައި ގެދޮރު ގެއްލުނު މީހުން ގޯމާގެ މެދުތެރޭގައި ދަތުރު ކުރަނީ - ފޮޓޯ: އޭޕީ

އުތުރު ކިވޫ ޕްރޮވިންސްގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ.ގެ ރިޕޯޓެއްގައި ބުނެފައިވޭ - ފޮޓޯ: އޭޕީ