އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ކުރެއްވުން
އެމެރިކާގެ މުއައްސަސާތައް އަލުން ބައްޓަން ކުރުމަށް ހިތްވަރު ލިބި، ޓްރަމްޕް ވެރިކަމަށް ވަޑައިގެންފިއެވެ.

ކެޕިޓަލް ރޮޓުންޑާގައި އެމެރިކާގެ ނައިބު ރައީސްކަމުގެ ހުވާ ޖޭޑީ ވަންސް ކުރައްވަނީ - ފޮޓޯ: ރޮއިޓަރސް

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ އެމެރިކާގެ ކެޕިޓޮލްގައި ކުރިއަށްދިޔަ 60 ވަނަ ރިޔާސީ ހުވާގައި ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރައްވަނީ - ފޮޓޯ: އޭޕީ ފޮޓޯ

އެމެރިކާގެ ކެޕިޓޮލް ރޮޓުންޑާގެ މެހެމާނުންގެ ތެރޭގައި ޓެކް އިންޑަސްޓްރީގެ ބޮޑެތި ލީޑަރުން ކަމަށްވާ މެޓާގެ މާކް ޒަކަބާގް، އެމެޒޯންގެ ޖެފް ބެޒޯސް، ގޫގުލްގެ ސުންދަރު ޕިޗާއީ އަދި ޓެސްލާގެ އީލޯން މަސްކް ހިމެނޭ - ފޮޓޯ: އޭޕީ ފޮޓޯ

ޓްރަމްޕް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ބިލް ކްލިންޓަން، ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން، ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް، ކުރީގެ ފަސްޓް ލޭޑީ ލައުރާ ބުޝް އަދި ކުރީގެ ރައީސް ބަރަކް އޮބާމާ ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: އޭޕީ ފޮޓޯ

ޑޮނަލްޑް ޓްރަމްޕާއި މެލާނިއާ ޓްރަމްޕް، ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ކުރިން ވައިޓް ހައުސްއަށް ވަޑައިގަތުމުން އެމަނިކުފާނަށް ކުރީގެ ރައީސް ޖޯ ބައިޑަން އާއި އަނބިކަނބަލުން ޖިލް ބައިޑަން މަރުހަބާ ދަންނަވައި، ފޮޓޯ ނަންގަވަނީ - ފޮޓޯ: އޭޕީ ފޮޓޯ

އެމެރިކާގެ ކެޕިޓޮލް ޑޯމްގެ ތިރީގައި ވާ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރި ވުމަށް އެމަނިކުފާނުގެ ޢާއިލާގެ މެންބަރުން ފުރަތަމަ ސަފުގައި މަޑުކޮށްލައިގެން - ފޮޓޯ: އޭޕީ ފޮޓޯ