ވެނެޒުއެލާގެ ރައީސް މަޑޫރޯ ތިންވަނަ ދައުރަށް ހުވާ ކުރެއްވުން
ޖުލައި މަހު ބޭއްވުނު އިންތިޚާބުގައި އޮޅުވާލުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު، މަޑޫރޯ ރައީސްކަމުގެ ހުވާ ކުރެއްވުމާ އެކު، އިހުތިޖާޖީ ހަރަކާތްތަކުގެ އައު ދައުރެއް ވަނީ ފެށިފައެވެ.

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން ސިލިއާ ފްލޯރެސް ނޭޝަނަލް އެސެމްބްލީއަށް ވަޑައިގަންނަވަނީ - ފޮޓޯ: އޭޕީ ފޮޓޯ

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ނޭޝަނަލް އެސެމްބްލީއަށް ވަޑައިން، ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ - ފޮޓޯ: ރޮއިޓަރސް

ނިކޮލަސް މަޑޫރޯ ހުވާ ކުރެއްވި ދުވަހު ސަޕޯޓަރުންތަކެއް އެމީހުންގެ ކަރަކަސް އެޕާޓްމަންޓް ފުއްޕާހަން ތަކުން ޒީނަތްތެރިކުރަނީ - ފޮޓޯ: ރޮއިޓަރސް

ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ސަޕޯޓަރުން އުފާފާޅުކޮށް، އޭނާގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރުތަކެއް ހިފަހައްޓައިގެން - ފޮޓޯ: ރޮއިޓަރސް

ކަރަކަސްގައި ހުވާކުރުމުގެ ރަސްމިއްޔާތު ބޭރުގައި ސްކްރީނަކުން ދައްކާލަނީ - ފޮޓޯ: ރޮއިޓަރސް

ވެނެޒުއެލާގެ ނެޝަނަލް އެސެމްބްލީގެ ރައީސް ހޯހޭ ރޮޑްރިގޭޒްގެ ކުރިމަތީގައި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ހުވާ ކުރައްވަނީ - ފޮޓޯ: ރޮއިޓަރސް