ލޮސް އެންޖެލެސްގެ އަލިފާނުގެ ހާދިސާގެ މަންޒަރުތައް
އެމެރިކާގެ ލޮސް އެންޖެލެސްގެ އިރުމައްޗާއި ހުޅަނގުން ރޯވެފައިވާ ދެ އަލިފާންގަނޑު ބުރާސްފަތި ދުވަހު ވެސް އަނދަމުން ދިޔަ ނަމަވެސް، ދެ ދުވަސް ވަންދެން އަލިފާން ރޯވެފައިވާ ގަދަ ވައިރޯޅިތަކުން ކުޑަ ވަގުތުކޮޅަކަށް ލުޔެއް ލިބުމުނެވެ.

އަލްޓަޑެނާގައި ހިނގި އީޓަން އަލިފާނުގެ ހާދިސާ - ފޮޓޯ: ރޮއިޓަރސް

އަލްޓަޑެނާގެ އީޓަން އަލިފާނުގެ ހާދިސާގައި ގެއަށް ލިބުނު ގެއްލުންތައް ހެއިލީ އޮޓް އާއި އޭނާގެ މަންމަ ސިންޑީ އޮޓް ބަލަނީ - ފޮޓޯ: ރޮއިޓަރސް

އެމެރިކާގެ ލޮސް އެންޖެލެސްގެ ހުޅަނގު ފަރާތުގައި އޮންނަ ޕަލިސެޑެސް ހައިލޭންޑްސް އަވަށުގައި ދިރިއުޅޭ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލަން ރައްޔިތަކު މަސައްކަތް ކުރަނީ - ފޮޓޯ: ރޮއިޓަރސް

އަލްޓަޑޭނާގެ ގެއެއް ބަލައި ފާސްކުރަނީ - ފޮޓޯ: ރޮއިޓަރސް

އެލިއޮޓް އާޓްސް މެގްނެޓް މިޑްލް ސްކޫލްގެ އޮޑިޓޯރިއަމް އޮތީ އަލްޓަޑެނާގައި ހަލާކުވެފައި - ފޮޓޯ: ރޮއިޓަރސް

އެމެރިކާގެ ލޮސް އެންޖެލެސްގެ ޕެސިފިކް ޕެލިސޭޑްސް އަވަށުގައި ހިނގި ޕެލިސޭޑްސް އަލިފާނުގެ ހާދިސާގައި ގެތައް އަނދައިފި - ފޮޓޯ: ރޮއިޓަރސް