ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާ

ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެކުވެ މަސައްކަތްކުރަނީ، ފަށާފައިވާ އިސްލާހީ މަސައްކަތް ކާމިޔާބުވާނެކަމުގެ ޔަޤީންކަމާއެކުގައި ކަމަށެވެ.

އިދިކޮޅު އިއްތިހާދުން އިންތިޒާމްކޮށްގެން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒްގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބޫ ބައިވެރިވެވަޑައިގެންފައިވެއެވެ.
ކުނޫޒްގައި އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން ވިދާޅުވީ އިސްލާހީ މަސައްކަތުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް މިހާތަނަށް ކުރިމަތި ވެފައިވާ ކަމަށާއި އެހެން ނަމަވެސް އިދިކޮޅު ލީޑަރުން ގުޅިގެން ކުރައްވާ މަސައްކަތުގައި ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލް ވެފައިވާ ކަމަށެވެ
މިރޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާނޫނުގެ ތެރެއިން އަޒުލު ކުރެވޭ ފުރަތަމަ ރައީސްއަށް ރައީސް ޔާމީން ހައްދަވަން ޖެހޭނެ ތޯ އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ

އިދިކޮޅު އިއްތިހާދުން އިންތިޒާމްކޮށްގެން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަން، ޖަލްސާގައި ބައިވެރިވި އާންމު ރައްޔިތުންނަށް އަތުން ހަނާ އަޅުއްވަނީ - މި ޖަލްސާގައި ވަނީ އިދިކޮޅު އިއްތިހާދުގެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންފައެވެ.

އިދިކޮޅު އިއްތިހާދުން އިންތިޒާމްކޮށްގެން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގެން އާންމު މެމްބަރަކާއެކު ސެލްފީއެއް ނަންގަވަނީ - މި ޖަލްސާގައި ވަނީ އިދިކޮޅު އިއްތިހާދުގެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންފައެވެ.

އިދިކޮޅު އިއްތިހާދުން އިންތިޒާމްކޮށްގެން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގެން، އާންމު މެމްބަރުންނާއި ސަލާމްކުރައްވަނީ - މި ޖަލްސާގައި ވަނީ އިދިކޮޅު އިއްތިހާދުގެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންފައެވެ.

އިދިކޮޅު އިއްތިހާދުން އިންތިޒާމްކޮށްގެން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގެން، އާންމު މެމްބަރުންނާއި ސަލާމްކުރައްވަނީ - މި ޖަލްސާގައި ވަނީ އިދިކޮޅު އިއްތިހާދުގެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންފައެވެ.

ރައްޔިތުންގެ ލޯބި ރައީސް ޔާމިންއަށް ލިބިވަޑައިނުގަންނަވާ އެންމެ ބޮޑު އެއް ސަބަބަކީ އިޙްލާސްތެރިކަމެއް ނެތުން ކަމަށް ކުނޫޒްގައި އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވަނީ ވިދާޅުވެފައެވެ

މިރޭ ގުޅިފައިވާ އިއްތިހާދުން މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި އިދިކޮޅު އިއްތިހާދުގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ޔާމިންއަށް ރާއްޖޭގެ އެއްވެސް ހިސާބަކުން ރީތި މަންޒަރެއް ނުފެންނަ ކަމަށާއި އެހެންކަމުން 2018 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޤަބޫލު ނުކުރެއްވޭކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ވިދާޅުވެފައެވެ

މިރޭ ގުޅިފައިވާ އިއްތިހާދުން ކުނޫޒްގައި ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރައީސް މައުމޫން އަދި ރިޔާޒް ބައިވެރިވެވަޑައިގެން، ދެ ބޭފުޅުން ވާހަކަދައްކަވަނީ - އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ތިއްބެވީ "ބަތަލުންގެ" ގޮތުގައި ކަމަށާއި މިހާރު ކުރަމުން އަންނަ "ހަނގުރާމަ" އިން މޮޅުވާނެ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ލީޑަރުންނާއި މަޖިލިސް މެމްބަރުންނާއި ދިވެހިރައްޔިތުން ވެސް ޖަލަށް ލެވިދާނެ ކަމަށާއި އެހެން ނަމަވެސް އިސްލާހީ މަސައްކަޓް ހުއްޓާލައި ފަހަތަށް ނުޖެހޭނެ ކަމަށެވެ
ޖަލްސާގައި ވާހަކަ ފުޅު ދަށްކަވަމުން ހަސަން ލަތީފު ވިދާޅުވީ ރައީސް ޔާމީނުގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތުން ވެސް އެމަނިކުފާނު އިތުރަށް ބޭޒާރުވަމުންދާކަމަށާއި ރަށްރަށުގައި އެއްވުންތައް ބޭއްވި ނަމަވެސް ރައީސް ޔާމީނުގެ ހަރަކާތްތަކުގައި ބައިވެރިވާނެ ބަޔަކު ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ

ގުޅިފައިވާ އިއްތިހާދުން މ. ކުނޫޒްގައި ޖަލްސާއެއްބާއްވައިފިއެވެ. މި ޖަލްސާގައި ގުޅިފައިވާ އިއްތިހާދުގެ ގިނަ އަދަދެއްގެ އިސް ވެރިން ވަނީ ބައިވެރި ވެފައެވެ

ގުޅިފައިވާ އިއްތިހާދުން މ. ކުނޫޒްގައި ޖަލްސާއެއްބާއްވައިފިއެވެ. މި ޖަލްސާގައި ގުޅިފައިވާ އިއްތިހާދުގެ ގިނަ އަދަދެއްގެ އިސް ވެރިން ވަނީ ބައިވެރި ވެފައެވެ