ފިނި މޫސުމުގެ ވިއްސާރައިގެ ސަބަބުން ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުންނަށް އިތުރު ބިރުވެރިކަމެއް
ބައިނަލްއަގުވާމީ އެހީދޭ އެޖެންސީތަކުން ބުނަނީ އިޒްރޭލު ސިފައިން އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމުގެ ސަބަބުން އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާ ކަމަށެވެ.

ބޯކޮށް ވާރޭވެހި ޓެންޓުތަކުގައި ފެންބޮޑުވެ، ޓެންޓް ކޭމްޕްތަކުގައި ހިޔާވަހިކަން ހޯދަމުން އަންނަ ފަލަސްތީނު ރައްޔިތުން ދަނީ ގިނަ ދަތިތަކާ ކުރިމަތިލަމުން - ފޮޓޯ: އަނަޑޯލޫ

ޓެންޓް ކޭމްޕެއްގައި ހިޔާވަހިކަން ހޯދަމުން ދާ ފަލަސްތީނުގެ ކުޑަ ކުއްޖަކު ފެންބޮޑުވުމާ ކުރިމަތިލަނީ - ފޮޓޯ: އަނަޑޯލޫ

ފަލަސްތީނުގެ ދެ ކުއްޖެއްގެ ހަށިގަނޑު މައްޗަށް މީހުން ނަމާދު ކުރަނީ - ފޮޓޯ: ރޮއިޓަރސް

ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން އެމީހުން ހިޔާވަހިކަން ހޯދާ ޓެންޓް ކޭމްޕެއްގައި މަސައްކަތް ކުރަނީ - ފޮޓޯ: ރޮއިޓަރސް

ގެދޮރު ގެއްލުނު ފަލަސްތީނު މީހަކު ޓެންޓު ކޭމްޕެއްގައި ފެން ބޮޑުވުމާ ގުޅިގެން ސާފުކުރަނީ - ފޮޓޯ: ރޮއިޓަރސް

ތޫފާނުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންގެ ޓެންޓުތައް ހަލާކުވުމުން، މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިޔަށް ދަނީ - ފޮޓޯ: ރޮއިޓަރސް