އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ޖަނާޒާ
އުމުރުފުޅުން 92 އަހަރުގައި އަވަހާރަވި ސިންގް ގެ ޖަނާޒާގައި ފުރިހަމަ އަސްކަރީ ޝަރަފާއެކު ކްރިމޭޓްކުރީ ސިޔާސީ ފަރާތްތަކާއި އާންމުން އޭނާގެ މަރުގެ ހިތާމަ ފާޅުކުރަމުން ދަނިކޮށެވެ.

މަންމޯހަން ސިންގްގެ ސަންދޯކު ހިފައިގެން ސަލާމަތީ އޮފިޝަލުންނާއި އެހެނިހެން ފަރާތްތަކުން ހިނގަނީ - ފޮޓޯ: ރޮއިޓަރސް

އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ކޮންގްރެސް ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ރާހުލް ގާންދީ، (ހުދު ކުލައިގެ ގަމީހުގައި) ޖަނާޒާގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރޮއިޓަރސް

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ކޮންގްރެސް ޕާޓީގެ ހެޑްކުއާޓަރަށް އާންމުން ބެލުމަށް ހަށިގަނޑު ގެންނަނީ - ފޮޓޯ: ރޮއިޓަރސް

ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ސިންގް އަކީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު އެ ގައުމުގެ އިގްތިސާދީ ލުއިކަން ގެނައުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއް - ފޮޓޯ: ރޮއިޓަރސް

ސިންގްގެ ޖަނާޒާގައި ސަފު ހަދައިގެން ތިބި އާންމު ރައްޔިތުން - ފޮޓޯ: ރޮއިޓަރސް

ސިންގް އަކީ އެ ގައުމުގެ އެންމެ މަތީ މަގާމުގައި ހުންނެވި ފުރަތަމަ ސިކް ބޭފުޅާ - ފޮޓޯ: ރޮއިޓަރސް