2024 ވަނަ އަހަރު މޫސުން - ތަފާތު މަންޒަރުތަކުން
ހިރަފުހުގެ ސަބަބުން ފަޅުތައް ހިކި، ރެކޯޑް ހޫނުގެ ސަބަބުން އަލިފާން ރޯވެ، މަގުތައް ކޯރުތަކަކަށް ބަދަލުވެ، ނުރައްކާތެރި ތޫފާންތަކުގެ ސަބަބުން މުޅި އަވަށްތައް ވަނީ ފުނޑުފުނޑުވެފައެވެ.

ބްރެޒިލްގެ ރިއޯ ގްރާންޑޭ ޑޯ ސުލް ސްޓޭޓްގައި ފެންބޮޑުވުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް - ފޮޓޯ: ރޮއިޓަރސް

އުމުރުން 54 އަހަރުގެ ޖޮއާއޯ އެންގަލްމަން، ބްރެޒިލްގެ އެލްޑޯރާޑޯ ޑޯ ސުލްގެ އިންޓެގްރާކާއޯ ގައުޗާ ސެޓްލްމަންޓްގައި ފެންބޮޑުވުމާ ގުޅިގެން، ޗަކަ ފެނުން ފުރިފައިވާ ދޮންނަ މެޝިނެއް ހުޅުވުމުން ޗަކަ ފެން ފައިބަނީ - ފޮޓޯ: ރޮއިޓަރސް

ޗިލީގެ ވަލްޕަރައިސޯގައި ހިނގި އަލިފާނުގެ ހާދިސާގައި ގެތައް އަނދަމުން ދާ ސަރަހައްދުގައި ހުރި މީހަކު އަތް ހޫރުވަނީ - ފޮޓޯ: ރޮއިޓަރސް

ބްރެޒިލްގެ ރިއޯ ގްރާންޑޭ ޑޯ ސުލްގެ ޕޯޓޯ އެލެގްރޭގެ އެއާޕޯޓުގެ ފެންބޮޑުވެފައިވާ ރަންވޭއެއްގައި މަތިންދާ ބޯޓެއް - ފޮޓޯ: ރޮއިޓަރސް

ޕޯޗުގަލްގެ ޕޮވޯއާ ޑި މޮންޓެމުރޯ ކައިރީގައި އަލިފާން ރޯވި ސަރަހައްދުގައި މީހަކު މަޑުކޮށްލައިގެން - ފޮޓޯ: ރޮއިޓަރސް

އަލްފާފަރަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން އަލިފާން ނިއްވާ ފަރާތްތަކުން ވެހިކަލްތައް ބަހައްޓާފައި ހުރި ޓަނަލަކުން ފެން ހިންދުމަށް ޕަމްޕް ކުރަނީ - ފޮޓޯ: ރޮއިޓަރސް