މަޔޮއްޓަށް އައި ތޫފާން ޗިޑޯއަށް ފަހު އައި ހަލަބޮލިކަން
ތޫފާން ޗީޑޯގެ ސަބަބުން މަޔޮއްޓް ހަލާކުވެ، އެތައް ހާސް ބަޔަކު މަރުވެ، ފެނާއި ކާބޯތަކެތި ހޯދުމުގައި ރައްޔިތުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޒުނާނާ ޒާލިފް
19 ޑިސެމްބަރު 2024

ތޫފާން ޗިޑޯއާ ގުޅިގެން ފްރާންސްގެ މަޔޮއްޓްގެ ކޫންގޫގައި ގެއްލުންލިބުނު ގެތައް - ފޮޓޯ: ރޮއިޓަރސް

ބޯފެން ހޯދުމަށް ބޮދެތި ޓައްޕު ހިފައިގެން ބަޔަކު ކިއު ހަދައިގެން - ފޮޓޯ: ރޮއިޓަރސް

ތޫފާން ޗިޑޯއަށް ފަހު ކޯރެއްގައި މީހުން އެއްޗެހި ދޮންނަނީ - ފޮޓޯ: ރޮއިޓަރސް

ކަވެނީ ސްލަމްގައި ހުރި ކުނިތަކުގެ ތެރެއިން މީހުން ހިނގާފައި ދަނީ - ފޮޓޯ: އޭޕީ ފޮޓޯ

މަޔޮއްޓް ސެންޓްރަލް ހޮސްޕިޓަލުގެ ފުރާޅު ވެއްޓި، ހޮސްޕިޓަލުގެ ކޮޓަރިއެއް މުވައްޒަފަކު ސާފުކުރަނީ - ފޮޓޯ: އޭއެފްޕީ

މަޔޮއްޓް ސެންޓްރަލް ހޮސްޕިޓަލުން ބަލި މީހުންނަށް ފަރުވާ ދެނީ - ފޮޓޯ: އޭއެފްޕީ