އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުކޮށްލައިފި
އިޒްރޭލުން ޣައްޒާގެ ގެތަކަށާއި ހިޔާތަކަށް ވައިގެ މަގުންނާއި އެއްގަމު މަގުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

ޚާން ޔޫނިސްގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް އިޒްރޭލުން ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ހަށިތައް - ފޮޓޯ: ރޮއިޓަރސް

ޒަހަމްވެފައިވާ ފަލަސްތީނު މީހަކަށް ފަރުވާ ދެނީ - ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި ތިމާގެ މީހެއްގެ ހަށިގަނޑު ކައިރީގައި ފަލަސްތީނުގެ މީހަކު ރޮނީ - ފޮޓޯ: އޭއެފްޕީ

އަލްއަޤްޞާ މާޓީރސް ހޮސްޕިޓަލުން ޢާއިލާގެ މީހެއްގެ ހަށިގަނޑު ދީރުލް ބަލާހުގައި ވަޅުލުމަށް މީހަކު ގެންދަނީ - ފޮޓޯ: އަނަޑޯލޫ

އިޒްރޭލުގެ ހަމަލާއެއްގައި ހަލާކުވި ގެއެއްގެ ކުރިމަތީގައި ފަލަސްތީނުގެ ކުއްޖެއް ތުއްތު ކުއްޖަކު އުރާލައިގެން ހިނގާފައި ދަނީ - ފޮޓޯ: އަނަޑޯލޫ

އިޒްރޭލުން ދިން ހަމަލާއަކާ ގުޅިގެން ފަލަސްތީނުގެ އެތެރޭގެ ގެދޮރު ގެއްލިފައިވާ މީހުން ދުރާ ސްޓޭޑިއަމްގެ ތެރޭގައި ހަލާކުވެފައިވާ ޓެންޓުތައް ބަލާލަނީ - ފޮޓޯ: އީޕީއޭ