ޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ
ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އާއިލާތަކަށް ހިޔާވަހިކަން ދޭ ޕޯސްޓް އޮފީހަކަށް ނުސީރަތުގެ އިތުރުން ކައިރީގައި ހުރި ގެތަކަށް ވެސް ގެއްލުން ވެފައިވާ ކަމަށް ޑޮކްޓަރަކު ބުނެފި އެވެ.

އިޒްރޭލުން ނުސީރާތަށް ދިން ހަމަލާއެއްގައި ޝަހީދުވި އޭނާގެ ކޮއްކޮގެ ހަށިގަނޑު ކައިރީގައި އަސްމާ އަލް ހަބާޝް ހިތާމަ ފާޅުކުރަނީ - ފޮޓޯ: އޭޕީ ފޮޓޯ

ދީރް އަލް ބަލާހްގައި ހުންނަ އަލް އަޤްޞާ މާޓީރސް ހޮސްޕިޓަލުގައި މަރުވި މީހުންގެ ހަށިތައް ކައިރީގައި ފަލަސްތީނުގެ ރައްޔިތުން ނަމާދުކުރަނީ - ފޮޓޯ: އޭޕީ ފޮޓޯ

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުރާސްފަތި ދުވަހު ދިން ހަމަލާއަކީ އަނިޔާވެރި އަދި ނުރައްކާތެރި ޖަރީމާއެއް ކަމަށް ސިފަކޮށްފައިވޭ - ފޮޓޯ: އޭޕީ ފޮޓޯ

ޒަހަމްވި އަންހެން ކުއްޖަކު ދީރް އަލް ބަލާހުގެ އަލްއަޤްޞާ މާޓީރސް ހޮސްޕިޓަލަށް ގެންދަނީ - ފޮޓޯ: އީޕީއޭ

އިޒްރޭލުން ދިން ހަމަލާގައި މިހާތަނަށް 30 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައިވޭ - ފޮޓޯ: ރޮއިޓަރސް

ނުސީރަތުގެ ގެއަކަށް އިޒްރޭލުން ހަމަލާ ދިން ސަރަހައްދުގައި ލިބުނު ގެއްލުންތައް މީހަކު ބަލަނީ - ފޮޓޯ: ރޮއިޓަރސް