އިޒްރޭލުން ޣައްޒާގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 423 ދުވަސް
އިޒްރޭލުން ޣައްޒާގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުން ގެންދާތާ މި ވަނީ 423 ދުވަސް ވެފައެވެ.

އިރުމަތީ ގުދުސްގެ ބެއިޓް ހަނީނާގައި ހުންނަ ފަލަސްތީނުގެ އަބޫ ޒަހްރާ އާއިލާގެ ގެ އިޒްރޭލު ސިފައިން ތަޅާލަނީ - ފޮޓޯ: ރޮއިޓަރސް

އިޒްރޭލުގެ އަސްކަރިއްޔާއިން އުތުރުގެ ޚާން ޔުނިސްގެ ޑިސްޓްރިކްޓްތަކުގައި ދިރިއުޅޭ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އެންގި - ފޮޓޯ: ރޮއިޓަރސް

ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕުގައި ހަލާކުވެފައިވާ ގެއެއްގެ ކައިރިން ފަލަސްތީނުގެ އަންހެނުންނާއި އަންހެން ކުދިން ތަކެއް ހިނގާފައި ދަނީ - ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ދިން ހަމަލާއެއްގައި ޒަހަމްވި މީހަކު ސްޓްރެޗަރަކަށް ލައިގެން ގެންދަނީ - ފޮޓޯ: އަނަޑޯލޫ

ވަފާ ނިއުސް އެޖެންސީން ބުނީ މި ހަމަލާގައި ދެ މީހަކު މަރުވެ، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް - ފޮޓޯ: އަނަޑޯލޫ

ޣައްޒާ ސިޓީގެ އުމަރު އަލް މުޚްތާރު މާރުކޭޓަށް އިޒްރޭލުން ދިން ހަމަލާއަށް ފަހު ފަލަސްތީނުން ފިހާރައެއްގައި ރޯވި އަލިފާން ގަނޑު ނިއްވާލަން މަސައްކަތް ކުރަނީ - ފޮޓޯ: އަނަޑޯލޫ