އަހަރެއްހާ ދުވަހުގެ ހަނގުރާމައަށްފަހު އިޒްރޭލާއި ހިޒްބުاللهގެ ހަނގުރާމަ ހުއްޓާލުން
އިޒްރޭލާއި ހިޒްބުاللهއާ ދެމެދު ހަނގުރާމަ ހުއްޓާލަން ނިންމާފައި މިވަނީ ބޯޑަރު ސަރަހައްދުތައް އަނދައި، ބެއިރޫތަށް ބޮން އަޅައި، އިޒްރޭލުގެ އުތުރުގެ ސަރަހައްދު ތައް ހުސްވެފައި ވަނިކޮށެވެ.

ލުބުނާނުގެ އަލްމާ އަލް ޝާބް އަވަށުގައި ހިނގި ހަމަނުޖެހުންތައް ކަވަރުކުރި ބައިނަލްއަގުވާމީ ނޫސްވެރިންގެ އެއްވުމަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ނޫސްވެރިއެއްގެ ކާރު އަނދަނީ - ފޮޓޯ: އޭޕީ

އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި ޕޭން އަރަބް ޓީވީ ނެޓްވޯކް އަލް މަޔާދީންގެ ކެމެރާމަނެއް ކަމަށްވާ ރާބިހް މާމާރީގެ ފޮޓޯއެއް ހިފައިގެން އޭނާގެ އަނބިމީހާ މަނާލް ޖާފަރު - ފޮޓޯ: އޭޕީ

އިޒްރޭލުގެ އަޔަން ޑޯމް އެއާ ޑިފެންސް ސިސްޓަމުން ލުބުނާނުން ގަލީލީ ސަރަހައްދަށް ދިން ހަމަލާއެއް ހުއްޓުވަނީ - ފޮޓޯ: އޭޕީ

ބެއިރޫތުގެ ދެކުނުގެ އަވަށްތަކުގައި ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަކޮށްލި ސަރަހައްދުގައި އަންހެނަކު ގުރުއާން ކިޔަވަނީ - ފޮޓޯ: އޭޕީ

އަންނަ ރޮކެޓްތަކުގެ އިންޒާރުގެ އަޑު އިވުމުން ހިޔާއެއް ކައިރީގައި ތިބި މީހުން މަތި ބަލަނީ - ފޮޓޯ: އޭޕީ

ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުން ފިލައިގެން ދިޔަ ގެދޮރު ގެއްލިފައިވާ އާއިލާތައް - ފޮޓޯ: އޭޕީ