Raajje.mv
ފޮޓޯ ގެލަރީ

ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި

އިޒްރޭލުން ބެއިރޫތުގެ އެތެރޭގެ ސަރަހައްދުތަކަށާއި ބޭރުގެ ސަރަހައްދުތަކަށް ހަމަލާދީފައި މިވަނީ އިޒްރޭލުގެ އަމާޒުތަކަށް 50 ހަމަލާއެއް ދިން ކަމަށް ހިޒްބުالله އިން ބުނާތާ އެއް ދުވަސް ފަހުންނެވެ.

ޒުނާނާ ޒާލިފް
26 ނޮވެމްބަރު 2024
އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގެ ސަބަބުން ބެއިރޫތުގެ ދެކުނުގެ ތަޔޫނެހް ސަރަހައްދުގައި ހުރި އިމާރާތެއްގެ ބައެއް ވެއްޓިފައި - ފޮޓޯ: އީޕީއޭ

އިޒްރޭލުން ތަޔޫނެހަށް ދިން ހަމަލާއާ ގުޅިގެން މީހުން ގޭގެ ބޭރުގައި މަޑުކޮށްލައިގެން - ފޮޓޯ: އީޕީއޭ

ލުބްނާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިޒްރޭލާއި ހިޒްބުاللهއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ލުބުނާނުގައި މިހާތަނަށް 3،750 އަށް ވުރެ ގިނަ މީހުން މަރުވެ 15،600 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވޭ - ފޮޓޯ: އީޕީއޭ

ހިޒްބުالله ޖަމާއަތާ އެކު ނުސީދާ ކޮށް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ލުއިތަކެއް ދިނުމަށް ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން އިޒްރޭލުން ލުބްނާނަށް ބޮން އެޅުން އިތުރުކުރަމުންދާ ކަމަށް ލުބުނާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ތުހުމަތު ކުރެއްވި - ފޮޓޯ: އީޕީއޭ

ތަޔޫނެހުގައި މީހަކު އޭނާގެ ހަލާކުވި ފިހާރައިން ގޭސް ކެނިސްޓަރެއް ނަގައިގެން ނިކުންނަނީ - ފޮޓޯ: އޭއެފްޕީ

ބެއިރޫތުގެ ދެކުނުގެ އަވަށެއް ކަމަށްވާ ދަހިއްޔާގެ އިމާރާތެއްގެ ކުނިތައް ބުލްޑޯޒަރުން ނަގައި ސާފުކުރަނީ - ފޮޓޯ: އޭޕީ ފޮޓޯ