25 ނޮވެންބަރ 2024 | ހޯމަ 18:27
-
810
އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓުމެއް ނެތި ކުރިޔަށް ދާ ދަނޑިވަޅެއްގައި، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުންދާ އެތައް ސަތޭކަ ޓެންޓެއްގައި ފެންބޮޑުވެ ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ވަނީ ހަލާކުވެފައެވެ.
ދީރް އަލް ބަލާހުގެ އުތުރުން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އަންހެނަކު ހަލާކުވެފައިވާ ޓެންޓެއްގެ ތެރޭގައި މަޑުކޮށްލައިގެން - ފޮޓޯ: އޭއެފްޕީ
ވިއްސާރައިން ޓެންޓުތައް ހިމާޔަތްކުރުމަށް ވެލި ބަސްތާ ފުރުމަށް ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ ކުޑަކުދިން ކައިރި ގޮނޑުދޮށުން ވެލި ނަގަނީ - ފޮޓޯ: އޭއެފްޕީ
ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕްގެ ހަލާކުވެފައިވާ ގެތަކުގެ ފަހަތުން ވިއްސާރައިގެ ތެރެއިން ދުވަމުން ދިޔަ ގެދޮރު ގެއްލުނު ކުއްޖަކު އޭނާގެ ބޯ ނިވާކުރަނީ - ފޮޓޯ: އޭއެފްޕީ
ޣައްޒާ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ޓެންޓުތައް ކައިރީގައި ހިނގާފައި ދަނީ - ފޮޓޯ: ރޮއިޓަރސް
ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހް ސިޓީގެ ވަގުތީ ޓެންޓުތަކުގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް ވަނީ ވިއްސާރައިގެ ސަބަބުން އިތުރު ދަތިތަކާއި ކުރިމަތިލާން ޖެހިފައި - ފޮޓޯ: އަނަޑޯލޫ
ފަލަސްތީނުގެ ސިވިލް ޑިފެންސް އިން ބުނީ މޫސުމީ ފެންބޮޑުވުމުގެ ސަބަބުން ގެދޮރު ގެއްލުނު އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށް - ފޮޓޯ: އަނަޑޯލޫ