އިންތިޚާބުގެ ނަތީޖާއާ މެދު ދެބަސްވެ ޖޯޖިއާގައި ކުރި މުޒާހަރާ
މިދިޔަ މަހު ބޭއްވި އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި ކަމަށް ބުނާ ވާހަކަތަކާ އެކު 24 ގަޑީއިރު ތިބިލީސީގައި މުޒާހަރާކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާ ދެކޮޅަށް ތިބިލީސީގައި ބޭއްވި އެއްވުމުގެ ތެރެއިން އަންހެނުން ފުލުހުންނާ ޖަދަލުކުރަނީ - ފޮޓޯ: އޭޕީ ފޮޓޯ

އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި އިންތިޚާބަށް ފަހު ތިބިލިސީގައި 24 ގަޑިއިރު މުޒާހަރާކޮށްފައިވޭ - ފޮޓޯ: އޭޕީ ފޮޓޯ

ޓިބިލިސީގެ ޓެންޓް ކޭމްޕް ހަލާކުކޮށްލުމަށްފަހު މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސަމުން ދަނިކޮށް ވެއްޓުނު މީހަކު ނަގަން ފުލުހުން އެހީތެރިވަނީ - ފޮޓޯ: އޭޕީ ފޮޓޯ

"ފުލުހުންނަށް ނުކިޔަމަންތެރިވި" ކަމަށް ބުނެ 16 މީހަކު ހައްޔަރުކޮށްފައިވާ އިރު، ހައްޔަރުކުރި ތިން މީހަކު ފަހުން ދޫކޮށްލާފައިވާ ކަމަށް ދާޚިލީ ވުޒާރާއިން ވަނީ ރިޕޯޓްކޮށްފައި - ފޮޓޯ: އޭޕީ ފޮޓޯ

ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާގެ ބައިވެރިން ގަވާއިދާ ހިލާފަށް ޓްރެފިކް ހުއްޓުވާފައިވާ ކަމަށާއި އެ ސަރަހައްދު ދޫކޮށް ދިއުމަށް އިލްތިމާސްކުރާ ކަމަށް - ފޮޓޯ: އޭޕީ ފޮޓޯ

މުޒާހަރާގެ ބައިވެރިންގެ ޓެންޓުތައް ފުލުހުން ނަގަނީ - ފޮޓޯ: އޭޕީ ފޮޓޯ