އިޒްރޭލަށް ތާއީދުކުރާ ގާލާއާ ދެކޮޅަށް ޕެރިހުގައި ބޭއްވި މުޒާހަރާ
އިޒްރޭލުގެ އަސްކަރިއްޔާއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ ފްރާންސްގެ ވެރިރަށުގައި އޮތް ފްރާންސް-އިޒްރޭލު ފުޓްބޯޅަ މެޗެއްގެ ކުރިން ބޭއްވި ހަރަކާތެކެވެ.

ޕެރިހުގައި ކުރިއަށްދިޔަ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިން "ސްޓޮޕް ޖެނޯސައިޑް" ލިޔެފައިވާ ބެނާއެއް ހިފައިގެން - ފޮޓޯ: އީޕީއޭ

މުޒާހަރާގެ ބައިވެރިއަކު "ތިބާގެ އަތުގައި ލޭ" ލިޔެފައިވާ ބޯޑެއް ހިފައިގެން - ފޮޓޯ: އީޕީއޭ

ދައުވަތު ދެއްވި މެހެމާނުންގެ ތެރޭގައި އިޒްރޭލުގެ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗް ހިމެނިވަޑައިގެންނެވި ނަމަވެސް، އެ ހަރަކާތާ ގުޅިގެން އެތައް ދުވަހެއް ވަންދެން ފާޑުކިޔުންތައް އަމާޒުވަމުން ދިޔުމުގެ ސަބަބުން އޭނާ ބައިވެރިވެވަޑައެއް ނުގަންނަވާ - ފޮޓޯ: އޭޕީ ފޮޓޯ

އިޒްރޭލުގެ އަސްކަރިއްޔާއަށް ފައިސާ ހޯދުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ގާލާއާ ދެކޮޅަށް ކުރި މުޒާހަރާ ރޫޅާލަން ފުލުހުން މަސައްކަތް ކޮށްފައިވޭ - ފޮޓޯ: އޭޕީ ފޮޓޯ

ޕެރިހުގައި ބަޔަކު އިންތިޒާމުކޮށްގެން އިޒްރޭލާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ބައިވެރިވި މުޒާހަރާގެ ބައިވެރިން އަޑުއުފުލަނީ - ފޮޓޯ: އޭއެފްޕީ

މި މުޒާހަރާތައް ފަށާފައިވަނީ އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި ލުބްނާނުގައި އިޒްރޭލުން ހިންގަމުންދާ ޙަމަލާތަކާ ގުޅިގެން ޕެރިހާއި އެމްސްޓަޑަމްގައި ނުތަނަވަސްކަން އުފެދިފައިވާތާ ދުވަސްކޮޅެއް ފަހުން - ފޮޓޯ: އޭއެފްޕީ