އިޒްރޭލުން ޣައްޒާގެ އުތުރުގެ ގެއަކަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ
އިޒްރޭލުން ޖަބާލިއާގެ ގެއަކަށް ދިން ހަމަލާއެއްގައި 13 ކުޑަކުދިންނާއެކު 30 މީހުން މަރުވެއްޖެއެވެ.

އިޒްރޭލުން ޖަބާލިއާގެ ގެއަކަށް ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ހަށިތައް ކައިރީގައި މީހަކު އިށީނދެލައިގެން - ފޮޓޯ: ރޮއިޓަރސް

އިޒްރޭލުން ޖަބަލިއާގެ ގެއަކަށް ހަމަލާ ދިން ސަރަހައްދަށް ފަލަސްތީނު މީހުން އެއްވެފައި - ފޮޓޯ: ރޮއިޓަރސް

އިޒްރޭލުން ޖަބާލިއާއަށް ދިން ހަމަލާގެ ޝިކާރައަކަށްވި މީހުންނާއި ސަލާމަތްވި މީހުން ހޯދަން ފަލަސްތީނުގެ މީހުން މަސައްކަތް ކުރަނީ - ފޮޓޯ: ރޮއިޓަރސް

މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެ އިމާރާތުގައި ދިރިއުޅޭ މީހުންނާއި ގެދޮރު ގެއްލިފައިވާ އާއިލާތައް ދިރިއުޅެމުން ދިޔަ މަލްޓިސްޓޯރީ އިމާރާތް ވަނީ ހަމަލާގައި ހަލާކުވެފައި - ފޮޓޯ: ރޮއިޓަރސް

ޖަބާލިއާގެ ގެއަކަށް ދިން ހަމަލާގައި ޝަހީދުވި ފަލަސްތީނުގެ ކުދިންގެ ހަށިތައް ބަހައްޓާފައި ހުރި ވެހިކަލެއްގެ ބިއްލޫރިގަނޑުން ފިރިހެން ކުއްޖަކު ބަލަނީ - ފޮޓޯ: ރޮއިޓަރސް

އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނުގެ ކުޑަ ކުއްޖެއްގެ ހަށިގަނޑު މީހަކު އުފުލަނީ - ފޮޓޯ: ރޮއިޓަރސް