8 ނޮވެންބަރ 2024 | ހުކުރު 18:42
-
1231
ފްރެލިމޯ ޕާޓީން އޮކްޓޫބަރު މަހު ނެގި ވޯޓު ކާމިޔާބުކޮށް، އެ ޕާޓީގެ 49 އަހަރުގެ ވެރިކަން ދިގުލައިގެން ދިޔަ ކަމަށް އިލެކްޝަންސް އޮތޯރިޓީން ބުނުމާ ގުޅިގެން ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދިފައެވެ.
މަޕޫޓޯގައި ކުރި މުޒާހަރާގައި އެއްވެ ތިބި މީހުންނާ ދިމާލަށް ކަރުނަ ގޭސް ޖެހުމުން މުޒާހަރާގެ ބައިވެރިން ދުވަނީ - ފޮޓޯ: ރޮއިޓަރސް
މަދަނީ ޖަމިއްޔާތަކާއި ހުޅަނގުގެ އޮބްޒާވަރުން ވެސް ބުނަނީ އިންތިޚާބަކީ ބޭއިންސާފު އިންތިޚާބެއް ކަމަށާއި ނަތީޖާ އަށް ބަދަލު ގެނެސްފައިވާ ކަމަށް - ފޮޓޯ: ރޮއިޓަރސް
ރިޔާސީ އިންތިޚާބަކީ ވަރަށް ހޫނު ވާދަވެރި އިންތިޚާބެއް ކަމަށާއި ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނާ އަމިއްލަ ކެންޑިޑޭޓް ވެނަންސިއޯ މޮންޑްލޭންއަށް ގިނަ ޒުވާނުން ވަނީ ތާއީދުކޮށްފައި - ފޮޓޯ: ރޮއިޓަރސް
ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ކުރި މުޒާހަރާތަކުގައި ފުލުހުން ވަނީ ވަރުގަދައަށް ހަރަކާތްތެރިވެފައި - ފޮޓޯ: ރޮއިޓަރސް
ދެކުނު އެފްރިކާގެ އެ ގައުމުގައި އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބަށް ފަހު އެ ގައުމުގައި ވަނީ ހަމަނުޖެހުންތަކެއް ހިންގައިފަ. - ފޮޓޯ: ރޮއިޓަރސް
މާޕޫޓޯގެ ލުއިސް ކަބްރާލް ޓައުންޝިޕްގައި އިންތިޚާބުގެ ނަތީޖާއާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން ބެރިކޭޑެއް އަނދާލައިފައިވޭ - ފޮޓޯ: ރޮއިޓަރސް