އިޒްރޭލުންގެ ހަމަލާއެއްގައި ފަލަސްތީނުގެ 95 މީހުން ޝަހީދުވެއްޖެ
ކަމާލް އަދްވާން ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާގައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ސާމާނަށް ގެއްލުންދީ މުވައްޒަފުންނަށް އަނިޔާވި މައްސަލަ ޑަބްލިއުއެޗްއޯ އިން ވަނީ ކުށްވެރިކޮށްފައެވެ.

ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ޙަމަލާތަކުގައި ޒަޚަމްވި ފަލަސްޠީނުގެ ރައްޔިތުން އެމްބިއުލެންސެއްގައި އަލްއަހްލީ ޢަރަބި ހޮސްޕިޓަލަށް ފަރުވާހޯދަން އައިސް - ފޮޓޯ: އޭއެފްޕީ

ޣައްޒާގެ އުތުރުގައި އޮންނަ ބެއިތު ލަހިޔާގައި ހުންނަ ކަމަލް އަދްވާން ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާއެއްގައި ގެއްލުން ލިބުނު ސްޓޯރޭޖް ރޫމެއްގައި އަނދާފައިވާ މެޑިކަލް ސާމާނުތައް - ފޮޓޯ: އޭއެފްޕީ

ބެއިޓް ލަހިޔާގެ ކަމަލް އަދްވާން ހޮސްޕިޓަލް ކައިރީގައި ހުރި ހަލާކުވެފައިވާ އިމާރާތްތަކުގެ ކައިރީގައި ކުނިތައް ފެތުރިފައި - ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި މަރުވި މީހުންގެ ހަށިތައް ކައިރީގައި މީހަކު މަޑުކޮށްލައިގެން - ފޮޓޯ: އޭއެފްޕީ

ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން ފަލަސްތީނު މީހުން ކުނިތައް ބަލައި ފާސްކުރަނީ - ފޮޓޯ: އޭއެފްޕީ

ނުސީރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ޙަމަލާއެއްގައި ޢާއިލާގެ މީހުން ޝަހީދުވުމާ ގުޅިގެން ފަލަސްތީނުގެ އަންހެނަކާއި އޭނާގެ ދައްތަ، ޣައްޒާގެ މެދުތެރޭގެ ދީރް އަލް ބަލާހްގައި ހުންނަ އަލް އަޤްޞާ ޝަހީދުސް ހޮސްޕިޓަލް ކުރިމަތީގައި ހިތާމަކުރަނީ - ފޮޓޯ: އޭއެފްޕީ