އިޒްރޭލުން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީ، އުތުރު ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ފައްސާލައިފި
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެންކްލޭވްގެ އުތުރުން ވަށާލި ފަހުން އިޒްރޭލުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދީފަ އެވެ.

ޣައްޒާގެ އުތުރުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް އުންރްވާއިން އަވަސް އިލްތިމާސެއް ކޮށްފައިވޭ - ފޮޓޯ: އަނަޑޯލޫ

އިޒްރޭލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބީޓްސެލެމް އިން ބުނީ ޣައްޒާގެ އުތުރުގައި "ނަސްލު ނައްތާލުމަށް" ދުނިޔޭގެ ސަމާލުކަން އެހެން ފަރާތަކަށް ބަދަލުކުރުމުގެ ނާޖާއިޒު ފައިދާ އިޒްރޭލުން ނަގަމުންދާ ކަމަށް - ފޮޓޯ: އަނަޑޯލޫ

ޖަބަލިއާ ރެފިއުޖީ ކޭމްޕުން ފުރޮޅުލީ ގޮނޑިއެއްގައި އިން އަންހެނަކު ގޮވައިގެން މީހަކު ދަނީ - ފޮޓޯ: އަނަޑޯލޫ

ފަލަސްޠީނުގެ ރެފިއުޖީންނާބެހޭ އދ.ގެ އިދާރާ، އުންރްވާއިން އަންދާޒާކުރާ ގޮތުގައި ޣައްޒާގެ އުތުރުގައި ގާތްގަނޑަކަށް 400،000 މީހުން އެބަތިބި - ފޮޓޯ: އަނަޑޯލޫ

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނުގެ ގިނަ ބަޔަކު ބުނެފައިވަނީ ބޮޑެތި ގެއްލުންތައް ލިބި، މަރުތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އެމީހުން ތާށިވެ، ނުކުޅެދުންތެރިކަން އިހުސާސް ކުރެވޭ ކަމަށް - ފޮޓޯ: އަނަޑޯލޫ

ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ޖަބާލިއާ ރެފިއުޖީ ކޭމްޕް ދޫކޮށް ދެކުނުގެ ސަރަހައްދުތަކަށް ދަތުރުކުރަނީ - ފޮޓޯ: އަނަޑޯލޫ