އިޒްރޭލުން ބެއިރޫތު ހޮސްޕިޓަލް ހުންނަ ސަރަހައްދަށް ދިން ނުރައްކާތެރި ހަމަލާ
އިޒްރޭލުން ވަނީ ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ރަފީކް ހަރީރީ ޔުނިވާސިޓީ ހޮސްޕިޓަލް ކައިރިއަށް އިޒްރޭލުން ދިން ހަމަލާގެ ފަހުން، ސަލާމަތްވި މީހުން ހޯދަނީ - ފޮޓޯ: ރޮއިޓަރސް

ލުބުނާނުގެ އެންމެ ބޮޑު ޕަބްލިކް ހޮސްޕިޓަލް ކައިރީގައި އޮންނަ ސަރަހައްދަށް ހަމަލާ ދިނުމުގެ ކުރިން އިޒްރޭލުން އެއްވެސް އިންޒާރެއް ދީފައެއް ނުވޭ - ފޮޓޯ: ރޮއިޓަރސް

މި ހަމަލާގައި އިތުރު 57 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ - ފޮޓޯ: ރޮއިޓަރސް

ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަޙައްދަކީ އާބާދީ ބޮޑު ސަރަހައްދަކަށްވާއިރު، ދެކުނުގެ ސަރަހައްދުތަކުން ގެދޮރު ގެއްލިފައިވާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައި - ފޮޓޯ: އޭޕީ ފޮޓޯ

އިޒްރޭލުން ދިން ހަމަލާގައި ހޮސްޕިޓަލާ ދިމާލުން އިމާރާތްތައް ބިމާހަމަވެފައިވާ ސަރަހައްދުގައި ހާލުގައި ޖެހުނު މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން - ފޮޓޯ: އޭޕީ ފޮޓޯ

އިޒްރޭލުން ލުބްނާނަށް ދެމުން ގެންދާ ވައިގެ ހަމަލާތައް ވަރުގަދަކޮށް ލުބުނާނުގެ ދެކުނުގައި މިދިޔަ މަހު އެއްގަމު އުޅަނދުފަހަރުގައި ހަމަލާދޭން ފެށި ފަހުން މިހާތަނަށް ލުބުނާނުގައި ގާތްގަނޑަކަށް 1،500 މީހުން ވަނީ މަރުވެފައި - ފޮޓޯ: އޭޕީ ފޮޓޯ