ކިއުބާއިން ކަރަންޓު ކެނޑި، 10 މިލިއަން ރައްޔިތުން ކަނު އަނދިރީގައި
ހަކަތައިގެ ގްރިޑް ދަށަށް ދިއުމުގެ ސަބަބުން އެރަށުގެ 10 މިލިއަން ރައްޔިތުންނަށް ކަރަންޓު ނުލިބި، އާންމުންގެ ހިތްހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ.

ހުކުރު ދުވަހު ކަރަންޓު ކެނޑުމުން ބައެއް މީހުން ވަނީ ހަވާނާގެ މަގުތަކުގައި ފޫހިފިލުވަން ފްރިސްބީ ކުޅެފައި - ފޮޓޯ: އޭޕީ ފޮޓޯ

އޮކްޓޯބަރު މަހުގެ 18 ވީ ހުކުރު ދުވަހު މުޅި ގައުމުން ކަރަންޓު ކެނޑުމުގެ ސަބަބުން ކިއުބާގެ ގިނަ ވިޔަފާރިތަކާއި ހަރަކާތްތައް ވަނީ ހުއްޓިފަ - ފޮޓޯ: ރޮއިޓަރސް

ހުކުރު ދުވަހު އިރު އޮއްސުމާއެކު ހަވާނާގެ މަގުތައް ވަނީ ކަނު އަނދިރީގެ ތެރެއަށް ވެއްޓިފައި - ފޮޓޯ: ރޮއިޓަރސް

ހުކުރު ދުވަހުގެ ރޭ ކަރަންޓު ކެނޑުމުން ހަވާނާގެ އާންމު ސްކޮއާއަށް ބައެއް މީހުން އެއްވި - ފޮޓޯ: ރޮއިޓަރސް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަން ދަށަށް ދިއުމާ ގުޅިގެން ކިއުބާގެ އިގްތިސާދަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ - ފޮޓޯ: ރޮއިޓަރސް

ބޮޑުވަޒީރު މެނުއެލް މެރޭރޯ ކްރޫޒް ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ގައުމުގެ ކަރަންޓުގެ ނިޒާމު އަލުން އޮންލައިންކޮށް ހޯދަން މަސައްކަތް ކުރާއިރު، ސަރުކާރުން އިގްތިސާދީ ހަރަކާތްތައް "ޕެރަލައިޒް" ކުރަމުން އަންނަ ކަމަށް - ފޮޓޯ: ރޮއިޓަރސް