ލުބްނާނާއި ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް އިޒްރޭލުގެ ޖެޓްތަކުން ހަމަލާ ދީފި
ލުބުނާނުގެ ދެކުނުގައި އޮންނަ ނަބަތީހުގެ މުނިސިޕަލް އިމާރާތަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި މޭޔަރުގެ އިތުރުން 16 މީހުން ވަނީ މަރުވެފައެވެ.

ލުބުނާނުގެ ދެކުނުގެ ޤާނާ އަވަށަށް އިޒްރޭލުން ރޭގަނޑު ދިން ވައިގެ ޙަމަލާއަށްފަހު ހަލާކުވެފައިވާ އިމާރާތެއްގެ ކުނިތަކުގެ ތެރެއިން ފެނުނު ފޮޓޯތަކާއި ބޫޓުތަކެއް - ފޮޓޯ: އޭއެފްޕީ

ލުބުނާނުގެ އުތުރުގެ ޑިސްޓްރިކްޓެއްގެ އައިޓޫ އަވަށަށް މީގެ ދެ ދުވަސް ކުރިން އިޒްރޭލުން ދިން ހަމަލާއެއްގައި މަރުވި ކުޑަކުއްޖެއްގެ ފޮރުވިފައިވާ ހަށިގަނޑު މީހަކު އުފުލަނީ - ފޮޓޯ: އޭއެފްޕީ

ލުބުނާނުގެ އުތުރުގެ ޓްރިޕޮލީ ސަރަހައްދުގެ އައިޓޫ އަވަށަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި މަރުވި ހަތަރު ތުއްތު ކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް 23 މީހެއްގެ ޖަނާޒާގައި ގާތް ތިމާގެ މީހުން - ފޮޓޯ: އަނަޑޯލޫ

ލުބުނާނުގެ ދެކުނުގައި އޮންނަ ޤާނާ ވިލެޖަށް އިޒްރޭލުން ދިން ވައިގެ ޙަމަލާތަކުގެ ސަބަބުން ގެއްލުން ލިބުނު ސަރަޙައްދެއްގައި މީހުންގެ ހަރަކާތްތެރި ވަނީ - ފޮޓޯ: އޭޕީ

ޤާނާ ވިލެޖަށް އިޒްރޭލުން ދިން ވައިގެ ޙަމަލާތަކުގެ ސަބަބުން ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތައް ނައްތާލުމަށް ރެސްކިއު ވޯކަރުން ބުލްޑޯޒަރެއް ބޭނުންކުރަނީ - ފޮޓޯ: އޭޕީ

ފަލަސްތީނުގެ ސިވިލް ޑިފެންސްގެ މެމްބަރުން ޤާނާއަށް އިޒްރޭލުން ޙަމަލާދިން ސަރަހައްދުގައި ހަރަކާތްތެރިވަނީ - ފޮޓޯ: ރޮއިޓަރސް