އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގެ ފަހުން ބެއިރޫތު ސުންނާފަތިވެފައި
ލުބުނާނުގެ ވެރިރަށް ލުބްނާނުގެ މެދުތެރޭ އަވަށް ތަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި 22 މީހުން މަރުވެ، 117 މީހުން ޒަޚަމްވެއްޖެއެވެ.

ލުބުނާނުގެ މަދަނީ ދިފާއީ ބާރުގެ ބައެއް މީހުން އިޒްރޭލުން ހަމަލާއެއް ދިން ސަރަހައްދުގައި ހަރަކާތްތެރިވަނީ - ފޮޓޯ: އޭއެފްޕީ

ބެއިރޫތުގެ މެދުތެރޭގެ އާބާދީ ބޮޑު ސަރަހައްދަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި 22 މީހުން މަރުވި - ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ދިން ހަމަލާގެ ސަބަބުން އަހްމަދު އަލް ޚަތީބު، އަދި އޭނާގެ އަންހެނުން މަރްވާ ހަމްދާން އާއި ދޮޅު އަހަރުގެ އަންހެން ދަރިފުޅަށް އަނިޔާތަކެއް ލިބިފައިވޭ - ފޮޓޯ: އޭޕީ ފޮޓޯ

އިޒްރޭލުން ވައިގެ ހަމަލާއެއް ދިން ސަރަހައްދުގައި އިމަޖެންސީ ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: ރޮއިޓަރސް

އިޒްރޭލުން ވައިގެ ހަމަލާއެއް ދިން ސަރަހައްދަށް ލިބުނު ގެއްލުންތަކަށް ފިރިހެން ކުދިންތަކެއް ބަލަނީ - ފޮޓޯ: ރޮއިޓަރސް

މަހާ ހައްދާދު އިޒްރޭލުން ބޮންއެޅި ސަރަހައްދުގައި ހުރި ހަލާކުވެފައިވާ އެޕާޓްމަންޓެއްގައި ހުރި ކުނިތައް ސާފުކުރަނީ - ފޮޓޯ: ރޮއިޓަރސް