ޣައްޒާ އާއި ލުބުނާނާ އެކު އެއްބައިވަންތަކަން ދައްކުވައިދޭން އެތައް ހާސް ބަޔަކު އެއްވުން
ޣައްޒާ އާއި ލުބްނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ހާސް ބަޔަކު ވަނީ ޖަމާވެ، މުޒާހަރާ ކޮށްފައެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގައި ބަޔަކު އެއްވެ މުޒާހަރާ ކުރަނީ - ފޮޓޯ: އޭއެފްޕީ

އިންޑޮނޭޝިއާގެ ޖަކާޓާގައި ފަލަސްތީނަށް ތާއީދުކޮށް ބޭއްވި އެއްވުމެއްގައި މުޒާހަރާގެ ބައިވެރިން ފަލަސްތީނާއި އިންޑޮނޭޝިއާގެ ދިދަ ހިފައިގެން - ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ ވައިޓް ހައުސް ކައިރީގައި ފަލަސްތީނަށް ތާއީދުކުރާ އެއްވުމެއްގައި މީހަކު އޭނާ ގައިގައި ރޯކޮށްލަން އުޅުމުން ފުލުހުން ވަނީ އެކަން ހުއްޓުވާފައި - ފޮޓޯ: އޭއެފްޕީ

ގްރީސްގެ މެދުތެރޭ އެތެންސްގައި އެއްވި މީހުން ފަލަސްތީނުގެ ދިދަ އުފުލާލަނީ - ފޮޓޯ: އޭއެފްޕީ

އިޓަލީގެ ރޯމްގައި ކުރި މުޒާހަރާއެއްގައި މުޒާހަރާގެ ބައިވެރިއަކު ފަލަސްތީނުގެ ދިދަ ހިފައިގެން - ފޮޓޯ: ރޮއިޓަރސް

އަޔަލޭންޑްގެ ޑަބްލިންގައި ބޭއްވި މުޒާހަރާގައި ބަޔަކު ބެނާތަކާއި ދިދަތައް ހިފައިގެން - ފޮޓޯ: ރޮއިޓަރސް

ޖަރުމަނުގެ ބާލިންގައި ބޭއްވި މުޒާހަރާއެއްގެ ބައިވެރިން - ފޮޓޯ: ރޮއިޓަރސް