އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ލައްކައެއްހާ މީހުން ލުބްނާން ދޫކޮށް ސީރިއާއަށް
ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ އަވަށްޓެރި ގައުމަށް މީހުން ބަދަލުކުރަން ފެށީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތައް ފުޅާކުރުމާ ގުޅިގެންނެވެ.

ސީރިއާ އާއި ލުބުނާނާ ދެމެދު އޮންނަ ޖޫސިއާ ބޯޑަރު ހުރަސްކުރާ ސަރަޙައްދަށް ލުބުނާނުގެ ރެފިއުޖީން ތަކެއް ޖަމާވެފައި - ފޮޓޯ: އީޕީއޭ

ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ސީރިއާއަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށް ޔޫއެންއެޗްސީއާރިން ބުނޭ - ފޮޓޯ: އީޕީއޭ

އާއިލާއާއެކު ލުބުނާނުގައި ހިނގަމުންދާ ހަނގުރާމައިން ފިލައިގެން ދިޔަ ސީރިއާގެ ކުއްޖަކު ބޯޑަރު ހުރަސްކުރާ ސަރަޙައްދުގައި - ފޮޓޯ: އޭޕީ ފޮޓޯ

ބޯޑަރު ހުރަސް ކުރ ސަރަޙައްދުގައި ސީރިއާގެ ފިރިހެން ކުއްޖަކު ފޮޓޯއަކަށް ހުއްޓިލައިގެން - ފޮޓޯ: އޭޕީ ފޮޓޯ

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ސީރިއާއަށް ހިޖުރަކުރި މީހުންގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ މީހުންނަކީ ސީރިއާގެ ރައްޔިތުންނާއި 20 އިންސައްތަ ލުބްނާން މީހުން ކަމަށް ޔޫއެންއެޗްސީއާރިން ބުނެފައިވޭ - ފޮޓޯ: އޭޕީ ފޮޓޯ

އިޒްރޭލުގެ ބޮމުގެ ހަމަލާތަކުން ފިލައިގެން ދިޔަ ލުބުނާނުގެ ރައްޔިތުން ސީރިއާގެ ބޯޑަރު ހުރަސްކުރާ ސަރަޙައްދުގައި މަޑުކޮށްލައިގެން - ފޮޓޯ: އޭޕީ ފޮޓޯ

އިޒްރޭލުގެ ވައިގެ ހަމަލާތަކުން ފިލައިގެން ލުބުނާނުން ސީރިއާއަށް އެތެރެވި މީހުންގެ އަދަދު ލައްކައަކަށް އަރާފައިވޭ - ފޮޓޯ: އޭޕީ ފޮޓޯ