Raajje.mv
ފޮޓޯ ގެލަރީ

ނޭޕާލުގައި ފެންބޮޑުވެ 193 މީހުން މަރުވެ، ލިބުނު ގެއްލުންތައް ސާވޭކޮށްފި

ރިކަވަރީ އެންޑް ރެސްކިއުގެ މަސައްކަތް ތައް ވަރުގަދަވެފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 200 އަށް އަރާފައެވެ.

ޒުނާނާ ޒާލިފް
30 ސެޕްޓެމްބަރު 2024
ފެންބޮޑުވާ މިންވަރު ކުޑަވުމުން މީހުން އެމީހުންގެ މުދާ ސަލާމަތްކުރަނީ. ނޭޕާލްގެ އަސްކަރިއްޔާއިން ބުނީ ހެލިކޮޕްޓަރާއި މޮޓޯބޯޓާއި ރާފްޓް ބޭނުންކޮށްގެން 4،000 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާ ކަމަށް - ފޮޓޯ: ރޮއިޓަރސް

ކަތުމަންޑޫގެ ފެންބޮޑުވި ސަރަހައްދެއްގައި ތަރުކާރީ މާރުކޭޓެއްގައި ހުރި ޗަކަ އަދި ކުނީގެ ތެރޭގައި ހަލާކުވެފައިވާ ވެހިކަލެއް - ފޮޓޯ: އޭއެފްޕީ

ކަތުމަންޑޫގެ ގެތަކުގެ ބޭރުގައި ހުރި ޗަކަ ސާފުކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: އޭއެފްޕީ

ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް ދެކުނު އޭޝިއާގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމަކީ އާންމު ކަމެއް ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ ކަންކަން އިތުރަށް ގޯސްވަމުންދާ ކަމަށް ތަޖުރިބާކާރުން ބުނޭ - ފޮޓޯ: އޭއެފްޕީ

ކަތުމަންޑޫގެ މުޅި އަވަށްތަކުގައި ފެންބޮޑުވެފައި ވަނީ ފާއިތުވި ވިހި ވަރަކަށް އަހަރު ތެރޭ ކުރި އެންމެ ގަދަ ވިއްސާރައިގެ ތެރޭގައި - ފޮޓޯ: އޭއެފްޕީ

ކަތަމަންޑޫއަށް ބޯކޮށް ވާރޭވެހި ބަގްމަތީ ކޯރު ފުންވުމާ ގުޅިގެން މީހަކު ފުށް ގޯންޏެއް ހިފައިގެން ފެން ބޮޑުވެފައިވާ މަގެއް ހުރަސްކުރަނީ - ފޮޓޯ: އޭއެފްޕީ

ނޭޕާލްގައި ފެންބޮޑުވުމުގެ ސަބަބުން ހަލާކު ވެފައިވާ އެ ގައުމުގެ ރައްޔިތުން އެނބުރި އެމީހުންގެ ޗަކައިން ހަޑި ވެފައިވާ ގެތަކަށް - ފޮޓޯ: އޭއެފްޕީ