އިޒްރޭލުން ލުބުނާނާއި ޣައްޒާގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް ކުރާ މުޒާހަރާ
އިޒްރޭލުން ޣައްޒާއާއި ލުބްނާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު ވަނީ މުޒާހަރާ ކޮށްފައެވެ.

ހިޒްބުاللهގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަވިކަން އިއުލާނު ކުރުމާ ގުޅިގެން އިރާގުގެ ބަޣުދާދުގައި ބަޔަކު އިހުތިޖާޖު ކުރަނީ - ފޮޓޯ: ރޮއިޓަރސް

އޮސްޓްރޭލިއާގެ މެލްބާންގައި ހުންނަ ސްޓޭޓް ލައިބްރަރީ އޮފް ވިކްޓޯރިއާގައި ޣައްޒާ އާއި ލުބްނާނަށް ބޭއްވި އެއްވުމުގެ ތެރެއިން މުޒާހަރާގެ ބައިވެރިން ހިނގާލަނީ - ފޮޓޯ: އީޕީއޭ

އޮސްޓްރޭލިއާގެ ސެންޓްރަލް ބިޒްނަސް ޑިސްޓްރިކްޓް ކަމަށްވާ ސިޑްނީގައި ޣައްޒާ އާއި ލުބްނާނަށް އިޒްރޭލުން ދިން ހަމަލާތަކާ ދެކޮޅަށް މުޒާހަރާގެ ބައިވެރިން މަގުމަތީގައި ހިނގަނީ - ފޮޓޯ: އޭއެފްޕީ

ނަޖާފުގައި މީހުން ލުބްނާނާއި އިރާގުގެ ދިދަތައް ހޫރަނީ - ފޮޓޯ: އޭއެފްޕީ

ފަރަންސޭސިވިލާތުގެ ޕެރިހުގައި އިޒްރޭލުން ޣައްޒާއާއި ލުބުނާނަށް ދެމުންދާ ޙަމަލާތަކާ ދެކޮޅަށް ބޯޑުތައް ހިފައިގެން މުޒާހަރާގެ ބައިވެރިން އެއްވެފައި - ފޮޓޯ: އަނަޑޯލޫ

އިޒްރޭލުން ޣައްޒާއާއި ލުބުނާނަށް ދެމުންގެންދާ ޙަމަލާތަކާ ދެކޮޅަށް ބްރެޒިލްގެ ސައޯ ޕައުލޯއަށް އެތައް ސަތޭކަ ބަޔަކު ޖަމާވެފައި - ފޮޓޯ: އަނަޑޯލޫ

އިޒްރޭލުން ލުބްނާނަށް ދެމުން ގެންދާ ހަމަލާތަކާ ދެކޮޅަށް ތެހެރާނުގެ ފަލަސްތީނުގެ ސްކޮއާއަށް އެތައް ސަތޭކަ ބަޔަކު އެއްވެފައި - ފޮޓޯ: އަނަޑޯލޫ