ތޫފާން ހެލީންގެ ސަބަބުން އެމެރިކާގެ ދެކުނަށް ލިބުނު ގެއްލުން
ތޫފާން ހެލީންގެ ސަބަބުން އެމެރިކާއަށް ވަނީ 140 މޭލު ބާރުމިނުގައި ވައިގަދަވެ، ބޯކޮށް ވާރޭ ވެހިފަ އެވެ.

ނޯތު ކެރޮލީނާގެ ބޫންގައި ފެންބޮޑުވުމުގެ ސަބަބުން ބްރިޖުގެ ވެއްޓުނު ބައި ކައިރިން ކުޑަކުދިން ތަކެއް ހިނގާފައި ދަނީ - ފޮޓޯ: ރޮއިޓަރސް

ނޯތު ކެރޮލީނާގެ ބޫންގެ ބޭރުގައި ފެންބޮޑުވެފައިވާ މަގެއްގައި ތާށިވެފައި އޮތް ކާރަކަށް މީހަކު އެހީތެރިކަން ފޯރުކޮށްދެނީ - ފޮޓޯ: ރޮއިޓަރސް

ތޫފާން ހެލީން ނޯތު ކެރޮލީނާގެ ފަރުބަދަތަކާ ކައިރިވެ، ވަޓައުގާ ކޯރު ކައިރިން ފޯޑް ރޯޑް ބްރިޖުގައި ފެންބޮޑުވެފައި - ފޮޓޯ: ރޮއިޓަރސް

ފްލޮރިޑާގެ ޓާޕޯން ސްޕްރިންގްސްގައި ފެންބޮޑުވެފައި - ފޮޓޯ: ޖެޓީ

ޖޯޖިއާގެ އެޓްލާންޓާގައި މީހަކަށް ފަޔާ ޑިޕާޓްމަންޓުގެ ވޯޓާ ރެސްކިއު ޓީމުގެ މެމްބަރުން އެހީވަނީ - ފޮޓޯ: އީޕީއޭ

ޖޯޖިއާގެ ޕީޗްޓްރީ ކްރީކްގައި ފެންބޮޑުވުމުގެ ސަބަބުން ޕީޗްޓްރީ ޕާކް އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ކެންޑިސް އޮވިލް (ވާތްފަރާތުގައި) އަދި ޖިބްރީ ޓޮލެންރޯ ކަޔަކް ތަކެއް ދުއްވަނީ - ފޮޓޯ: އީޕީއޭ-އީއެފްއީ