އިޒްރޭލުން ލުބުނާނަށް ދިން ބޮމުގެ ހަމަލާތައް - އެތައް ހާސް ބަޔަކު ފިލަން މަޖުބޫރު ވެފައި

24 ސެޕްޓެންބަރ 2024 | އަންގާރަ 18:31
-
368
އިޒްރޭލުން ދަނީ 2006 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު ލުބްނާނަށް ދިން އެންމެ ނުރައްކާތެރި ވައިގެ ހަމަލާތަކުގެ ބޮޑު ކެމްޕޭން ކުރިއަށް ގެންދަމުންނެވެ.
އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި 35 ކުޑަކުދިންނާއެކު ހޯމަ ދުވަހު 492 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނޭ - ފޮޓޯ: އޭޕީ ފޮޓޯ
ދެކުނުގެ އަވަށްތަކުން ފިލައިގެން ދިޔަ ލުބުނާނުގެ ރައްޔިތުން ބެއިރޫތަށް ދަތުރު ކުރަނީ - ފޮޓޯ: އޭޕީ ފޮޓޯ
ދެކުނުގެ ބަނދަރުގެ ސިޓީއެއް ކަމަށްވާ ސިޑޮންގެ ވޯޓާފްރަންޓް ޕްރޮމެނޭޑެއްގައި ތިބި ގެދޮރު ގެއްލިފައިވާ މީހުން - ފޮޓޯ: އޭޕީ ފޮޓޯ
ދެކުނުގެ ބަނދަރު ސިޓީއެއް ކަމަށްވާ ސިޑޮން އިން ފިލަން މަސައްކަތް ކުރާ މީހުން ބެއިރޫތަށް ދަތުރުކުރާ ހައިވޭއެއްގައި ޓްރެފިކްގައި ތާށިވެފައި - ފޮޓޯ: އޭޕީ ފޮޓޯ
ލުބްނާނުގެ ދެކުނުގައި އެމީހުންގެ އަވަށްތައް ދޫކޮށް ފިލައިގެން ދިޔަ މީހުން ، ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔާއަކަށް ބަދަލުކޮށްފައިވާ ބެއިރޫތު އާޓް އިންސްޓިޓިއުޓަށް ވަންނަނީ - ފޮޓޯ: އޭއެފްޕީ
ބެއިރޫތުގެ ދެކުނުގައި އޮންނަ އަވަށެއް ކަމަށްވާ ދަމޯރުގައި ލުބުނާންގެ ދެކުނުން މީހުން ފިލަން މަސައްކަތް ކުރަމުންދިޔަ އިރު، އެ އަވަށަށް ބޮޑެތި ޓްރެފިކް ޖޭމްތަކެއް ވަނީ ކުރިމަތިވެފައި - ފޮޓޯ: އޭއެފްޕީ
ލުބުނާނުގެ ދެކުނުގައި ހުރި އެމީހުންގެ ގެދޮރު ދޫކޮށް ފިލައިގެން ދިޔަ މީހުން، އެމީހުންގެ މުދާ ހިފައިގެން ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގައި އޮންނަ އައްސޭރިފަށުގެ އަވަށެއް ކަމަށްވާ ނާމޭހްއަށް ދަތުރުކުރަނީ - ފޮޓޯ: އޭއެފްޕީ